ads
އެސްޑީއެފްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވެއް- ފޮޓޯ:އެސްޑީއެފްސީ
1.5 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ "ވިޔަފާރި އެހީ" ލޯނު ސްކީމަށް ހުޅުވާލައިފި
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން "ވިޔަފާރި އެހީ" ނަމުގައި ލޯނު ސްކީމެއް ތަޢާރަފުކޮށް އެ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

މި ސްކީމްގެ ދަށުން ގިނަވެގެން 1.5 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެ ކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ.

އެސްޑީއެފްސީން މި ލޯނު ސްކީމް ތަޢާރަފުކޮށްފައިވަނީ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ އަހަރަކު 9.5 ޕަސަންޓެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން ފަސް އަހަރުގެ މުއްދަތު ދެވޭނެ ކަމަށާއި، މީގެ ތެރޭގައި ގްރޭސް ޕީރިއަޑްގެ ގޮތުގައި ހަ މަސްދުވަހުގެ މުއްދަތެއް ހިމެނޭކަމަށް އެސްޑީއެފްސީން ފާހަގަކޮށްފައިވެއެވެ.

"ވިޔަފާރި އެހީ" ލޯނު ބޭނުންކުރެވޭނީ މުދާ ގަތުމަށާއި، ދުވަހުން ދުވަހަށް ހިނގާ ވިޔަފާރީގެ ހަރަދުތައް ކުރުމަށް އަދި ހިންގަމުންދާ ވިޔަފާރިއާ ގުޅުންހުރި މެޝިނަރީ އާއި އިކުއިޕްމަންޓް ގަތުމަށެވެ. މިކަމުން ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުކުރުމަށް މަގުފަހިވެގެންދާނެއެވެ.

އެސްޑީއެފްސީން ހާމަކުރި ގޮތުގައި، ލޯނަށް ހުށަހަޅާ ރަހުނަކީ އެ ކޯޕަރޭޝަނުން ގަބޫލުކުރާ އަދި ލޯނާ އެކަށޭނަ ރަހުނަކަށް ވާންޖެހޭނެއެވެ. ނަމަވެސް ރަހުނު ހުށަހަޅަންޖެހޭނީ މަޝްރޫޢުގެ ރިސްކަށް ބެލުމަށްފަހު، 700,000 ރުފިޔާއަށް ވުރެ އެކްސްޕޯޝަރ އިތުރުވާ ފެސިލިޓީތަކަށް އެކަންޏެވެ. އެހެންކަމުން 700,000 ރުފިޔާއަށްވުރެ ކުޑަ ލޯނުތަކަށް ރަހުނު ބޭނުމެއް ނުވާނެއެވެ.

މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެސްޑީއެފްސީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ފާހަގަކޮށް، "ވިޔަފާރި އެހީ" ސްކީމަކީ ވިޔަފާރިވެރިންގެ ތަރައްގީއަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް