ads
އެމްޑީޕީން މިހާރު މާލޭގައި ކުރަމުން ގެންދާ މުޒާހަރާތަކުގެ ތެރެއިން
މުޒާހަރާއާ ގުޅިގެން އެމްޑީީޕީގެ އަންހެން އެކްޓިވިސްޓުންތަކެއް ޕޮލިހަށް ހާޒިރުކުރަނީ
އިދިކޮޅު އެމްޑީޕީން މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން އެ ޕާޓީގެ އަންހެން އެކްޓިވިސްޓުންތަކެއް ޕޮލިހަށް ހާޒިރުވާން އަންގާ ޗިޓް ފޮނުވައިފިއެވެ.
Advertisement

ފުލުހުހަށް ހާޒިރުވާން އަންގާފައިވަނީ ފާތިމަތު ޝިއުނާ، ހަދީޖާ މުހައްމަދު އަދި ރީސާ އަހުމަދަށެވެ. 

މި ހުރިހާ އެންމެނަށް ފޮނުވި ޗިޓްގައި ވަނީ އެމީހުން ފުލުހަށް ހާޒިރުކުރަނީ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާ ކުރުމުގެ އިތުރުން އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް އަމަލު ކުރުމާއި ފުލުހުންގެ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ އަންހެނުންގެ ގޮފިން ބުނީ މުޒާހަރާ ކުރުމަކީ ޤާނޫނު އަސާސީއިން ލިބިފައިވާ އަސާސީ ހައްގެއްކަމަށާއި އެ ހައްގަށް ހުރަސްއެޅުމުގެ ގޮތުން ފުލުހުން މަގުތަކުގައި ބެރިކޭޑް ޖަހާފަ ޕާޓީގެ ހިއްވަރުގަދަ އަންހެނުންނަށް ބިރުދައްކަން ފުލުފުލުގައި ޗިޓު ފޮނުވާ ފުލުހަށް ހާޒިރުކުރަމުންދާ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. 

އެމްޑީޕީގެ މުޒާހަރާތަކާއި ގުޅީގެން މިއަދު ވެސް ވަނީ އެޕާޓީގެ ދެ އަންހެން އެކްޓިވިސްޓެއް ފުލުހަށް ހާޒިރުކޮށްފައެވެ. އަދި މީގެކުރިން މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު، މުހައްމަދު ރާއީ އާއި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، މޫސާ އަލީ މަނިކުގެ އިތުރުން އަހުމަދު އަލީމް (މާޒް ސަލީމް) ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް