
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދުއާއެކު ކުރިމަތިލެއްވި އެހެން ބޭފުޅުންނާ ޖޭއެސްސީންވަނީ ރޭ އިންޓަވިޔުކޮށްފައެވެ. އެއީ، ކުރިމަތިލެއްވީ ހައި ކޯޓުގެ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ނިހާޔަތު އަދި ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމެވެ.
އިންޓަވިއުތަކަށް ފަހު، ރައީސް އޮފީހަށް ފޮނުވާނެ ނަމެއް ނިންމުމަށް ޓަކައި ހަމަ މިރޭ ކޮމިޝަނުގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ. ޝަހީދުގެ ނަން ރައީސް އޮފީހަށް ފޮނުވަން ފާސްކުރީ ކޮމިޝަނުން ރޭ ބޭއްވި ބައްދަލުވުމުގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ މި މަހު ހަތަރުވަނަ ދުވަހު ހުސްނުއްސުއޫދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވިއިރު ދެ ފަނޑިޔާރަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަމުންދާއިރު، ފަނޑިޔާރުން ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގުކުރަމުންނެވެ.