ads
ޗައިނާ ޓޫރިސްޓުން
މިދިޔަ ހަފުތާގައި ރާއްޖެއަށް 42,000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި
ނިމިދިޔަ ހަފުތާގައި ރާއްޖެއަށް 42,000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމާ ބެހޭ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

މިގޮތުން ނިމިދިޔަ ހަފުތާގައި ޖުމްލަ 42,743 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ. ނަމަވެސް މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 4 ޕަސަންޓު ދަށް އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ރާއްޖެއަށް 95,000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 524,709 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.2 ޕަސަންޓު އިތުރު އަދަދެކެވެ.

މި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,384 ޓޫރިސްޓުން ރާއްޖެއަށް އާދެއެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގައުމުން 65,534 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ އެއަށްފަހު ރަޝިއާއިން 53,452 ޓޫރިސްޓުންނާއި، އިނގިރޭސިވިލާތުން 53,446 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޓޫރިސްޓުންގެ ތެރެއިން 3 ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. މިދިޔަ އަހަރު ރާއްޖެއަށް 2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރަށް ސަރުކާރުން އަމާޒު ހިފާފައިވަނީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް