ads
ރޯދަ މަހަށް ދިރާގުން ހިލޭ 10ޖީބީ ޑޭޓާ އާއި 850 ޑޮލަރުގެ މޫދު ވައުޗާ
ރޯދަ މަހަށް ދިރާގުން ހިލޭ 10ޖީބީ ޑޭޓާ އާއި 850 ޑޮލަރުގެ ވައުޗާ
މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގުން އެ ކުންފުނީގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް 10 ޖީބީއާ ހަމައަށް ހިލޭ ޑޭޓާ އަދި 850 ޑޮލަރުގެ މޫދު ހޮލިޑޭސްގެ ވައުޗާ ލިބޭނެ ހާއްސަ އޮފާއެއް ތައާރަފުކޮށްފައެވެ.
Advertisement

 މި އޮފަރގެ ދަށުން، ދިރާގު އެޕް މެދުވެރިކޮށް މެޖިކް ޑޭޓާ އެކްޓިވޭޓްކުރާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 10 ޖީބީއާ ހަމައަށް ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދިރާގުން މައުލޫމާތު ދިންގޮތުގައި، ސްޓްރީމްކުރުމަށާއި ބްރައުސްކުރުމަށް ނުވަތަ ގާތް ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް ބޭނުންކުރެވޭ ޑޭޓާ އެޑް-އޮންތައް ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ އެކި ކަހަލަ ބޭނުންތަކަށް ހާއްސަކޮށްގެންނެވެ. މިގޮތުން 100ޖީބީ ޑޭޓާ ޕެކް، މަންތުލީ އަދި ސަޅި އެޑް-އޮންތަކަކީ މިހާރު ވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލު ޑޭޓާ ޕެކްތަކެކެވެ. ރޯދަ މަހު ދިރާގުން މި ޕެކޭޖްތައް އެކްޓިވޭޓްކުރުމުން ދޭ އޮފަރއާއެކު ކަސްޓަމަރުންނަށް އިތުރު ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ.

މީގެ އިތުރުން 1 އިން 30 މާރިޗު 2025 ގެ މުއްދަތުގެ ތެރޭގައި މެޖިކް ޑޭޓާ އެކްޓިވޭޓްކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރި ކަސްޓަމަރަކަށް 850 ޑޮލަރުގެ މޫދު ހޮލިޑޭސްގެ ވައުޗަރެއް ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ ރީތި މާހައުލުގައި ޗުއްޓީ ހޭދަކޮށްލުމަށް ލިބޭނެ އަގުހުރި ފުރުސަތެއްކަމަށް ދިރާގުން ބުނެއެވެ.

ދިރާގު އެޕް މެދުވެރިކޮށް ލިބޭ މެޖިކް ޑޭޓާގެ މި އޮފަރއަކީ، ފަސޭހަކަމާއެކު މޮބައިލް ފޯނު މެދުވެރިކޮށް ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށް ވެސް ލިބުމުގެ ފުރުސަތު އޮތް އޮފަރއެކެވެ. ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ، އެ ފަދަ ދެވަނައެއް ނުވާ ކުންފުންޏެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް