މި މަސައްކަތްތައްވެސް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އަދި ފެނަކަ ކޯޕަރޭޝަނާއެވެ.
މި އެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. ކުންފުނިތަކުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނެވެ.
ކުންފުނިތަކާއި މަސައްކަތް ހަވާލު ކުރި އަދަދު
ފަހަކަށް އައިސް ސަރުކާރުން ހުރިހާ މަޝްރޫއުތައް ހަވާލުކުރަމުން އަންނަނީ މި ތިން ކުންފުންޏާއެވެ. އެގޮތުން މިދިޔަ ދެތިން ދުވަހު ފުލުހުންގެ ސްޓޭޝަންތައް އެޅުމަށާއި މިސްކިތްތައް ބިނާކުރުމަށްވެސް މި ތިން ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ.