ads
އަޒާން
އަވަސް އަރުވާލައިގެން ކޯޓްތަކާއި އެމްއެމްއޭ ބެހެނީ ޖަޒުބާތުގައި : އަޒާން
ސަރުކާރުން އަވަސް އަރުވާލައިގެން ކޯޓްތަކާއި އެމްއެމްއޭ ބެހެނީ ޖަޒުބާތުގައިކަމަށް ސަރުކާރުން ހިންގާ ޕީއެންސީގެ މެމްބަރު ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
Advertisement

އަޒާން މިހެން ވިދާޅުވީ ރައީސް ތަސްދީގު ނުކުރައްވާ އަނބުރާ ފޮނުއްވާލެއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ. 

އެ ބިލުގެ ފާސްކުރަން ވޯޓް ނުދެއްވި އަޒާން ވިދާޅުވީ އަވަސް އަރުވާލައިގެން ޖަޒުބާތުގައި ކޯޓުތަކާއި އެމްއެމްއޭ ފަދަ މިނިވަން މުއައްސަސާތަކާ މިވަގުތު ކުޅޭ ނަމަ މާލީ އިދާރާތަކުން ރާއްޖެއަށް ދޭ ރޭޓިންތައް ދަށްކުރާނެ ކަމަށާއި އެކަމުން ރާއްޖެއަށް ވަރަށް ބޮޑަށް ދަތިވާނޭ ކަމަށެވެ. 

ކަމެއް ކުރާއިރު ކުރަން ވާނީ އެކަމަކަށް ފާޑު ނުކިޔޭ ގޮތަކަށްކަން ފާހަގަ ކުރައްވަމުން އަޒާން ވިދާޅުވީ މި ވަގުތަކި ރާއްޖެއަށް ބޭރުގެ އެކި މާލީ އިދާރާތަކުގެ އެހީތެރިކަން ނުހަނު ބޭނުން ވެފައިވާ ވަގުތެއް ކަމަށެވެ.  އަދި މި ގޮތަށް ކަންކުރުމުން ރާއްޖެއަށް ދެން ދޭނީ ޑީ ރޭޓިންކަން އަޒާން ފާހަގަކުރެއްވިއެވެ. 

" އަންނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަން އެބަ ޖެހޭ. ބޭރުގެ އެހީއާ އެކު މިކަން ކުރެވޭނީ. ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ރޭޓިން ދޭއިރު ވަރަށް ބޮޑަށް ބަލާ ކަމެއް މިއީ ފަނޑިޔާރުގެ، އެމްއެމްއޭ ފަދަ މިނިވަން މުއައްސަސާތައް މިނިވަންކަމާ އެކު ފަންކްޝަން ކުރޭތޯ. މިގޮތަށް އަވަސް އަރުވާލައިގެން ފަނޑިޔާރުގެއާ އަދި އެމްއެމްއޭ އާއި އެހެން ތަންތަނާ ކުޅެން ވެއްޖެ ނަމަ އެބޭފުޅުން ދެން ރޭޓިން ދެއްވާއިރު ދެއްވާނީ ރާއްޖެއަށް ޑީ ރޭޓިން،" އަޒާން ވިދާޅުވިއެވެ.

އަޒާން ވަނީ ސުޕްރީމް ކޯތުގެ ބެންޗު ކުޑަކުރަން ފޮނުވި ބިލް މަޖިލީހުން ބޭރުކުރަން ގޮވާލާފައެވެ. އެހެންނަމަވެސް ޕީއެންސީގެ މެޖޯރިޓީން ވަނީ އެ ބިލް ދިރާސާކުރަން އަނެއްކާވެސް ކޮމެޓީއަށް ފޮނުވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް