
ބޭނުންވާ ތަކެތި:
2 ދަޅު މަސް (ތެޔޮ)
800ގ ބަތް (ކައްކާފަ)
2 މޭޒުމަތީސަމުސާ ރިހާކުރު
1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
2 ފިޔާ (ބޮޑު / ތުނިކޮށް ކޮށާފައި)
80 މލ ތެޔޮ
ރާނބާ ފަތް ކޮޅެއް (6އިންޗި /ބުރިކޮށްފަ )
20 ހިކަނދިފަތް
ލޮނު (ރަހަލާ ވަރަށް)
6 ލޮނުމެދު
½ ޖޯޑް ކެޝޫނަޓް / އަލްމަންޑް
ތައްޔާރުކުރާނެގޮތް:
ފުރަތަމަ ތެއްޔެއް އުނދުން މައްޗަށް އުދާ އޭގެ ތެރެއަށް ތެޔޮ ކޮޅު އަޅާ ހޫނުވީމަ ފިޔާ، ލޮނުމެދު، ހިކަނދިފަތް އަދި ރާނބާ ފަތްކޮޅު އަޅާ 2 މިނެޓް ވަރު ކައްކާލާށެވެ. ދެން އޭގެ ތެރެއަށް ލޮނު އަދި ގިތެޔޮ މިރުސް ކޮޅު އަޅާ އަނެއްކާވެސް މިނެއްޓާހާއިރު ރަނގަޅަށް ފިޔާ ކޮޅު ހަލާލާށެވެ.
ދެން މަސްދަޅު ތަށް އަޅާ ފިޔާ ކޮޅާ ހުރިހާ އެއްޗެއް ރަނގަޅަށް އެކުވުމުން ރިހާކުރު ކޮޅު އޭގެ ތެރެއަށް އަޅާފަ ކައްކާފަ ހުރި ބަތް ކޮޅު ވެސް އަޅާލައިގެން އަނެއްކާވެސް މަޑުގިނީގަ 3 މިނިޓް ވަރު ކައްކާލާށެވެ.
އެއަށްފަހު ކެޝޫނަޓް އާ އަލްމަންޑް ކޮޅު ބަތް ކޮޅު މައްޗަށް ކުދިކޮށް ކޮށާލާފަ އަޅާލާށެވެ.
މިހާރު މިހުރީ ދަޅުމަސް ފުރައިޑް ރައިސް ހަދާ ނިމިފަ އެވެ.