
މި މަސައްކަތްތަކާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރއާއި ފެނަކައާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި ތިން ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ނުނިމިހުރި ބަޔަށް ހޭދަވާނެ ޖުމްލަ 121 މިލިއަން ރުފިޔާގެ ތެރެއިން، ށ. މާއުނގޫދޫގެ މަސައްކަތަށް 46 މިލިއަން ރުފިޔާ، ށ. ނަރުދޫގެ މަސައްކަތަށް 36 މިލިއަން ރުފިޔާ އަދި ނ. ޅޮހީގެ މަސައްކަތަށް 37 މިލިއަން ރުފިޔާ ހޭދަވާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މި މަސައްކަތްތައް ނިންމުމަށް ފެނަކައަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.
މިނިސްޓްރީން އިންތިޒާމްކޮށްގެން ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ހަސަން ރަޝީދެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޭޖަ (ރިޓަޔަރޑް) މުހައްމަދު ނަޖާހެވެ.
ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތްތަކަކީ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތްތަކެކެވެ. މިފަދަ މަސައްކަތްތައް ނިމުމުން، އެ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެ ކުރިއެރުމާމެދު ސަރުކާރުން ފާހަގަކޮށްފައިވެއެވެ.