ads
އަނާރާ އާއި ޑރ. މުއިއްޒު
ފަނޑިޔާރުން މަދުކުރާ ބިލު އަނބުރާ ފޮނުއްވުމުން އަނާރާ މަރުހަބާ ކިޔައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރާ ބިލު ތަސްދީގު ނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވައިލެއްވުމާ ގުޅިގެން، ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމް މަރުހަބާ ކިޔުއްވައިފިއެވެ.
Advertisement

ބިލަށް ބަހުސްކުރައްވުމުން އަނާރާ ވިދާޅުވީ އެ ބިލު ރައީސް އަނބުރާ ފޮނުއްވައިލެއްވީ، މަޖިލީހުން އަވަސް އަރުވާލައިގެން އެ ބިލު ފާސްކުރީތީކަމަށެވެ. 

"އަޅުގަނޑަށް ފާހަގަ ކުރެވުނީ ވަރަށް އަވަސް އަރުވާލައިގެން އެ ދުވަހު އެ ބިލު ފާސްކުރުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އެ މި ބިލު އަނބުރާ ފޮނުއްވާލައްވައިފައި މިއޮތީ، އެހެންވީމާ އަޅުގަނޑު މަރުހަބާ ދަންނަވަން އެކަމަށް ވެސް," އަނާރާ ވިދާޅުވިއެވެ.

ކޮމިޓީގެ މަރުހަލާގައި ވެސް އަނާރާ ބިލާ ދެކޮޅު ހެއްދެވިއެވެ. ނަމަވެސް އެ ބިލު ފާސްކުރަން ވޯޓު ދެއްވިއެވެ. އެކަމާ ފާޑުކިޔުން އަމާޒުވުމުން އޭނާ ވިދާޅުވީ އެއީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ވެގެން ދެއްވި ވޯޓެއް ކަމަށެވެ. ޕީއެންސީގެ ލީޑަޝިޕުން ވަނީ އެ ބިލަށް ތާއީދު ކުރަން ޕީއެންސީގެ މެންބަރުންނަށް އަންގައި، ތްރީ ލައިން ވިޕެއް ވެސް ނެރެފައެވެ.

އެހެންނަމަވެސް މިއަދު ބިލަށް ބަހުސްކުރެއްވުމުގައި އަނާރާ ވަނީ އެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްޔިތުންގެ މަޖިލިސް މިހާރަށް ވުރެ މިނިވަންކޮށް، ރައްޔިތުންގެ ބައިވެރިވުމާއެކީ ހިންގަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"ހަގީގަތުގައި ކޯޓުތަކަކީ ވެސް ވަރަށް މިނިވަންކަމާއެކު ހިނގަންޖެހޭ ތަނަކަށް ވާންޖެހޭ، ހަމަ ރައްޔިތުންގެ މަޖިލިސް ވެސް ވަރަށް މިނިވަންކަމާއެކު ހިނގާ ތަނަކަށް ވާންޖެހޭ، އެއީ އަޅުގަނޑު ގަބޫލު ކުރާ އަޅުގަނޑުގެ އަމިއްލަ ރައުޔަކީ," އަނާރާ ވިދާޅުވިއެވެ.

މަޖިލީހުގެ މަސައްކަތްތަކަށް މިހާރަށްވުރެ ބޮޑަށް ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ކަމަށް އަނާރާ ވިދާޅުވިއެވެ. އަދި "މިފަދަ ކަންކަން ހަމަ ތަކުރާރު ވެގެން ނުދާނެ ކަމަށް" އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް