ads
އޯރަން އަވަތްރަމާނީ (އޯރީ)
އިންޑިއާގެ މަޝްހޫރު ސެލެބްރިޓީ އޯރީ ހައްޔަރުކޮށްފި
އިންޑިއާގެ މަޝްހޫރު ސެލެބްރިޓީ އޯރަން އަވަތްރަމާނީ (އޯރީ) އަދި އިތުރު ހަތް މީހަކު ޖައްމު އެންޑް ކަޝްމީރުގެ ކަތްރާގައި ބަނގުރާ ބޮއެގެން ހައްޔަރުކޮށްފިއެވެ.
Advertisement

ކަތްރާއަކީ މަތާ ވައިޝްނޯ ދޭވީ ގައި އޮތް މަޝްހޫރު ދީނީ މަރުކަޒެއް ކަމުން އެ ސަރަހައްދުގައި ބަނގުރާ ބުއިމާއި މަސްމަހާމެހި ކެއުން މަނާ ސަރަހައްދެކެވެ.

ޓައިމްސް ނައު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ރަޝިއާގެ ރައްޔިތެއް ކަމަށްވާ އަނަސްޓަސިލާ އަރްޒަމަސްކިނާވެސް ހިމެނެއެވެ. އޯރީއާއި އޭނާގެ ރައްޓެހިންނާއެކު ކަތްރާއަށް ދިޔަ ކަމަށްވާ އަނަސްޓަސިލާ އާއި، ދަރްޝަން ސިންގު، ޕާތު ރައިނާ، ރިޓިކް ސިންގު، ރަޝި ދައުތާ، ރަކްޝިތާ ބޯގަލް އަދި ޝަގުން ކޯހުލީގެ މައްޗަށް މެޖިސްޓްރޭޓުގެ އަމުރާ ހިލާފުވުމާއި ދީނީ ޝުއޫރުތަކަށް އިހްތިރާމްނުކުރުމުގެ ދައުވާކޮށް ކަތްރާ ޕޮލިސް ސްޓޭޝަނުން ވަނީ މައްސަލަ ނަންބަރު 72/25 ދަށުން މައްސަލަ ރަޖިސްޓްރީކޮށްފައެވެ.

ރީއަސި ފުލުހުން ބުނެފައިވާ ގޮތުގައި، މި މައްސަލަ ތަހުގީގުކުރުމަށް ސްޕެޝަލް ޓީމެއް ވަނީ އުފައްދާފައެވެ. މި ޓީމުގައި ކަތްރާގެ އެސްޕީ، ޑިޕިއުޓީ އެސްޕީ އަދި އެސްއެޗްއޯ ހިމެނޭ ކަމަށާއި، ހުރިހާ މަދުއޫނުންނަށްވެސް ނޯޓިސް ފޮނުވައި، ތަހުގީގަށް ހާޒިރުވުމަށް އަންގާނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ. ރީއަސީގެ އެސްއެސްޕީ ބުނީ، ހާއްސަކޮށް ދީނީ ތަންތަނުގައި ބަނގުރާ ނުވަތަ މަސްތުވާތަކެތި ބޭނުންކޮށްގެން ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

މި ހާދިސާއަށް ޖައްމު އެންޑް ކަޝްމީރުގެ އޮޕޮޒިޝަންގެ ލީޑަރު ސުނިލް ޝަރުމާ ވަނީ ފާޑުކިޔާފައެވެ. ސުނިލްގެ ބުނުމުގައި މަތާ ވައިޝްނޯ ދޭވީ ފަދަ މަޝްހޫރު ދީނީ މަރުކަޒެއްގައި މިފަދަ ޢަމަލެއް ހިންގުމަކީ ދުވަހަކުވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، ހުރިހާ ފަރާތަކާ މެދު ހަރުކަށި ފިޔަވަޅު އެޅެންޖެހޭކަމަށެވެ. އަދި މިފަދަ ގަދަރުވެރި ތަނެއްގައި ބަނގުރަލާއި މަސްމަހާމެހި ކެއުން ހުއްދަކުރުމަކީ ދުވަހަކުވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް