
ފޮޓޯ: ތޮއްޑޫ
ބަރާނާކޮށް އުޅުނު ފަތުރުވެރިޔަކު ފުލުހުންނަށް ހަމަލާދީފި
މުހައްމަދު އާދަމް އަހްމަދު
18 މާރޗް 2025 - 09:31:05
އއ. ތޮއްޑޫގައި ބަރާނާކޮށް އުޅުނު ފަތުރުވެރިޔަކު ފުލުހުންނަށް ހަމަލާދިނުމުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އއ. ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއަކަށް ގޮސް އުޅުނު ފިރިހެން ފަތުރުވެރިއަކު އެރަށުގެ ވަޅުމަގު ބީޗުގައި ބަރަހަނާކޮށް އުޅުނު މައްސަލައެއް އެ އިދާރާއަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
އެ ރިޕޯޓާއި ގުޅިގެން ފުލުހުން އެތަނަށް ދިޔައިރު އެމީހާ ބަރަހަނާކޮށް އުޅޭތީ އެގޮތަށް ކަން ނުކުރުމަށް އެންގުމުން އެކަން އިޖާބަ ނުދީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާކަމަށެވެ. އަދި އެތަނަށް ދިތަ ފުލުހުންނަށް އަނިޔާކޮށް، ފުލުހުންގެ ވެހިކަލަށް ވެސް ގެންލުން ދީފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.
މި އެ މައްސަލައާ އެ ފަތުރުވެރިޔާ ހައްޔަރުކޮށް އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ. ހައްޔަރުކޮށްފައިވަނީ ރަޝިޔާގެ ފަތުރުވެރިއެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް