ads
ރައްޔިތުންގެ މަޖިލިސް
ތިން މިނިސްޓްރީއެއްގެ މަސައްކަތުގެ ދާއިރާތަކަށް ގެނައި ބަދަލުތައް މަޖިލީހުން ފާސްކޮށްފި
ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ތިން މިނިސްޓްރީއެއްގެ މަސައްކަތުގެ ދާއިރާތަކަށް ގެނައި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
Advertisement

މިގޮތުން ބަދަލު ގެނެސްފައިވަނީ ޓޫރިޒަމާއި އެންވަޔަރަމެންޓް މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީއަށެވެ.

މި ބަދަލުތައް މަޖިލީހުން ފާސްކޮށްފައިވަނީ 50 މެންބަރުންގެ ވޯޓުންނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ހައުސިން މިނިސްޓްރީ އުވާލައްވައި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ނަން "އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާބެހޭ މިނިސްޓްރީ" ގެ ނަމަށް ބަދަލުކުރައްވާފައިވެއެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ނަން "މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ މިނިސްޓްރީ" ގެ ނަމަށް ބަދަލުކުރައްވާފައިވާއިރު، އެންވަޔަރަންމަންޓް މިނިސްޓްރީގެ ނަން "ޓޫރިޒަމާއި ތިމާވެށްޓާބެހޭ މިނިސްޓްރީ" ގެ ނަމަށް ބަދަލުކުރައްވާފައިވެއެވެ.

މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން ހައުސިން މިނިސްޓްރީގެ ދަށުން ކުރަމުން އައި ރާއްޖޭގެ ބިން ބޭނުންކުރުމާ ގުޅޭ ކަންކަމާއި އަރބަން ސަރަހައްދުތައް ތަރައްގީކުރުމާއި ގައުމީ ތަރައްގީ ރޭވުމާއި ތަފާސްހިސާބުގެ ނިޒާމާ ގުޅޭކަންކަން ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައިވެއެވެ. އަދި އެ މިނިސްޓްރީގެ ދަށުން ކުރިއަށްގެންދިޔަ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ކަނޑައެޅުމާއި ސޯޝަލް ހައުސިންއާބެހޭ ކަންކަން ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައިވެއެވެ.

މީގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީ އުވާލައްވައި އެ މިނިސްޓްރީއިން ކުރައްވަމުން އައި ހުރިހާ ކަމެއް ޓޫރިޒަމާބެހޭ މިނިސްޓްރީގެ ދަށަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރައްވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް