ads
1445 ވަނަ އަހަރު ހައްޖަށްްް ދާ ބައެއް ދިވެހިން ފުރަން ބޯޓަށް އަރަނީ
ހައްޖުވި މީހަކަށް ކޯޕަރޭޝަނުން ދެން ދެވޭނީ 5 އަހަރު ފަހުން
ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުސަތެއް ހައްޖު ކޯޕަރޭޗަނުް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 އަހަރުވުމުންކަމަށް އިސްކާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
Advertisement

އެ މިނިސްޓްރީން ވަނީ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލު މިއަދު އާއްމުކޮށްފައެވެ. 

އެ އުސޫލުގައިވާ ގޮތުން ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 (ފަހެއް) އަހަރު ވެފައިވާނަމައެވެ. 

މި އުސޫލުގައިވާ ގޮތުން ދިވެހިރައްޔިތުން ހައްޖަށް ގެންދިޔުމުގެ ހިދުމަތް ފޯރުކޮށްދޭނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުންކަމަށެވެ. އަދި ހައްޖު ކިއު ކުޑަކުރުމުގެ ގޮތުން ފައިސާ ދައްކާ ފަރާތްތަކަށް ހައްޖަށް ދިޔުމުގެ ފުރުސަތޭ ސިޔާސަތަށް ގެނެވުނު ބަދަލުގެ ދަށުން އެކުލަވާލި އުސޫލެއްކަަމަށް މިނިސްޓްރީން ބުނެއެވެ. 

އުސޫލުގައިވާ މުހިއްމު ކަންކަން

  • ހައްޖަށް ގެންދިޔުމުގައި އިސްކަންދޭނީ އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް
  • ހައްޖަށް ގޮސްފައިނުވާ މީހުންގެ ތެރެއިން އުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައެޅުން.
  • ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ޞިއްޙީ ހާލަތަށް ބަލައި އެހީތެރިއަކު ހަމަޖެއްސެއްމުގެ ފުރުސަތު ދެވޭނީ، މޯލްޑިވްސް ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާ މީހަކު ހިމެނޭނަމަ (ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިނުވާ) 
  • އެ މީހަކަށް ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ހަމަޖެއްސުމަށް ފުރުސަތު ދެވޭނީ، ކޯޕަރޭޝަނުގެ ލިސްޓުގައި ބުނެވިދިޔަ ފަދަ އާއިލާގެ މީހެއް ނެތިފައި، ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކު އޭނާއަށް ލިބެން ނެތް ހާލަތުގައި.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް