ads
ޕުޝްޕާ
ޕުސްޕާ 3 ވެސް އަންނަނީ، އެކަމަކު 2028ގައި
އިންޑިއާގެ މަޝްހޫރު ތެލެގޫ ތަރި އައްލޫ އަރްޖުން އޭނާގެ އެންމެ ބޮޑު އެއް ކާމިޔާބު ފިލްމުކަމަށްވާ ޕުޝްޕާގެ ތިން ވަނަ ބަޔަކަށްވެސް ތައްޔާރުވާން ފަށައިފި އެވެ.
Advertisement

2021 ވަނަ އަހަރު ނެރުނު "ޕުޝްޕާ" ދެ ދެވަނަ ބައިގެ ގޮތުގައި ނެރުނު "ޕުޝްޕާ 2: ދަ ރޫލް" ސިނަމާތަކަށް އައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. މި ފިލްމުވެސް ވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ހޯދާ ބޮޑު އާމްދަނީ އެއް ހޯދާފަ އެވެ. 

"ޕުޝްޕާ"ގެ ތިން ވަނަ ބައެއް އަންނާނެކަން ދެވަނަ ބައި ނިންމާލަމުން ފިލްމުގެ އެންމެ ފަހު ސީންގައި ބެލުންތަރިންނަށް ފިލްމު ޕްރޮޑަކްޝަން ޓީމުން ވަނީ އަންގާފައެވެ. އެއާއި އެކު އާ ފިލްމުގެ މަސައްކަތުގެ ވާހަކަ މިހާރު މިވަނީ ފެންމަތިވެފަ އެވެ. 

އައްލޫ އަރްޖުންގެ ދެން އޮތް ފިލްމަކީ ދެކުނުގެ ކާމިޔާބު ޑައިރެކްޓާ އެޓްލީއާއި އެކު މަސައްކަތް ކުރަން ތައްޔާރުވަމުން އަންނަ ފިލްމެކެވެ. އެ ފިލްމުގެ މަސައްކަތް ނިންމަން ދެ އަހަރެއްހާ ދުވަސް ނަގާނެކަމަށް ބެލެވެ. 

"ޕުޝްޕާ" ޕްރޮޑަކްޝަން ޓީމުން ބުނީ އެޓްލީގެ ފިލްމުގެ މަސައްކަތް އައްލޫ އަރުޖުން ނިންމުމަށްފަހު "ޕުޝްޕާ" ގެ ތިނެންއެގ މަސައްކަތަށް ކުރީގެ ޓީމު އެއްވާނެކަމަށެވެ. އެގޮތުން "ޕުޝްޕާ"ގެ ތިންވަނަ ބައިވެސް ޑައިރެކްޓްކުރާނީ އޭގެ ދެ ސީކުއެލްވެސްޑައިރެކްޓްކުރި ސޫކުމާރު އެވެ. 

ފިލްމުގެ މަސައްކަތް 2027 ގައި ފަށަން ވަނީ ނިންމާފަ އެވެ. އަދި ސްކްރީންތަކަށް 2028 ގައި ފިލްމު އަންނާނެކަަމަށްވެސް "ޕުޝްޕާ" ގެ ޓީމުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް