
ބޭނުންވާ ތަކެތި:
2 ޖޯޑް ކޯން ފުލާ (ޒުވާރި ފުށް)
3 ބައި ޖޯޑް ހަކުރު
7 ޖޯޑް ރާނބާ ފެން
2 ޖޯޑް ކާށި ކިރު
2 މޭޒުމަތީސަމުސާ ފިނިފެން / 1 ޖޯޑް މާފެން
ރާނބާ ފަތް ފެން ތައްޔާރުކުރާނެގޮތް:
ބޮޑު ރާނބާ ފަތެއް ކޮށާފައި 7 ޖޯޑް ފެނުގަތެރެއަށް އަޅައިގެން ކައްކާލާށެވެ. ރަނގަޅަށް ކެކި ގަތީމަ އުނދުން ނިއްވާލާފަ ހިހޫ ކޮށްލަން ބަހައްޓާށެވެ.
ކިރުބޯކިބާ ތައްޔާރުކުރާނެގޮތް:
ކޯން ފްލާ، ހަކުރު، ކާށިކިރުގެ ތެރެއަށް ރާނބާފަތު ފެން މަދު މަދުން އަޅަމުން ގިރާލާށެވެ. 7 ޖޯޑް ރާނބާ ފަތު ފެން އެއްކޮށް އެޅުމަށް ފަހު ފުށް ތަށް ރަނގަޅަށް ގިރުމުން އުނދުން މައްޗަށް އުދައިގެން ފުށްގަނޑު ރަނގަޅަށް ހިލާލާށެވެ.
އަދި ބޯކިބާ އެޅޭ ވަރަށް ފުށްގަނޑު އޮލަވަންދެން ގަނޑުވިޔަ ނުދީ އެއްކިުރަމުން ގެންދާށެވެ.
ރަނގަޅަށް ހިލުނީމަ އޭގެތެރެއަށް މާ ފެން ނުވަތަ ފިނިފެން އެޅުމަށްފަހު ވަރަށް ރަނގަޅަށް އެއްކޮށްލާށެވެ. އަދި ކޭކް އަޅާ ޓްރޭއަކަށް (ފުލުގަ ތެޔޮފޮދެއް ހާކާފަ) ފުށްގަނޑު އޮއްސާލާފަ ހިހޫ ކުރަން ބަހައްޓާށެވެ.
ހިހޫ ކޮށްލަން ބޭނުންނަމަ އައިސް އަލަމާރީގަވެސް ބެހެއްޓިދާނެ އެވެ. ފިނިކޮށްގެން އަދި ފިނި ނުކޮށް ވެސް ކާލަން މީ ވަރަށް މީރު ބޯކިބާ އެކެވެ