ads
ރާފިޔަތު ރަމީޒާ
އަލީ ރަމީޒު އެންމެ ދެކޭ ހިތްވާ ދުވަސް ފެނިއްޖެ: ރާފިޔަތު ރަމީޒާ ބުރުގާ އަޅައިފި
މަޝްހޫރު ލަކިއުންތެރިއާ، އަދި އަލީ ރާމީޒުގެ ކޮއްކޮ ރާފިޔަތު ރަމީޒާ ބުރުގާ އަޅައިފިއެވެ.
Advertisement

ލަވަކިއުން ހުއްޓާލުމަށްފަހު، ދީނީ ކަންކަމުގައި މިހާރު ޝާމިލުވެ އުޅޭ އަލީ ރަމީޒަށް، އޭނާގެ ކޮއްކޮ ރާފިޔަތު ބުރުގާ ނާޅައި އުޅޭތީ ފާޑުކިއުން ސޯޝަލް މީޑިއާގައި އަމާޒުވެއެވެ. 

އަމާޒުވެފައިވާ ފާޑުކިއުންތަކަށް ޖަވާބު ދެމުން އަލީ ރަމީޒު ބުނެފައިވަނީ، "ރާފިޔަތު ބުރުގާ އަޅާދުވަސް އެންމެ ދެކޭ ހިތްވަނީ ވެސް. އެންމެ އުފާވާނެ ކަމަކީ ވެސް އެއީ،" ކަމަށެވެ.

ރާފިޔަތު ރަމީޒާއަކީ މިއުޒިކް އިންޑަސްޓްރީގައި ފަހުރުވެރި ނަމެއް ހޯދާފައިވާ "ރަމީޒް އާއިލާ" އިން އައި ހުނަރުވެރި އާޓިސްޓެކެވެ. އަލީ ރަމީޒާއި އިބްރާހިމް ރަމީޒްއާއި ލޭގެ ގޮތުން ގުޅިފައިވާއިރު، ކުޑައިރު އުމުރުން 12 އަހަރުގައި އަމިނިއްޔާ ސްކޫލުގައި ކިޔަވަމުން ދަނިކޮށް ޓެލެވިޝަން މޯލްޑިވްސްގެ އިންޓަ ސްކޫލް ސިންގިން މުބާރާތުގައި ބައިވެރިވެ، މިއުޒިކް ދާއިރާގައި މަސައްކަތް އޭނާ ފެށިއެވެ. 

ރަމީޒާގެ ލަވަކިޔުމުގެ ކެރިއަރގައި އޭނާ ފާހަގަ ވާން ފެށީ 1993 ވަނަ އަހަރު 17 އަހަރުގެ އުމުރުގައި މާލެ އިންގްލިޝް ސްކޫލުގައި ކިޔަވަމުން ދަނިކޮށެވެ. އޭރު އޭނާ "ކާކުހެއް މިތާހުރީ" ލަވަ ކިޔައި، އޭނާގެ އުމުރުފުރާއިން އެންމެ މޮޅު ހުށަހެޅުމުގެ އެވޯޑާއި މުޅި މުބާރާތުން ދެވަނަ ޖާގަ ހޯދިއެވެ. ޖެހިގެން އައި އަހަރު، ރަމީޒާ "ހޭލާ ހުރެއޭ" ލަވަ ކިޔައި، އަނެއްކާވެސް އުމުރުފުރާއިން އެއްވަނަ އަދި މުޅި މުބާރާތުން ދެވަނަ ޖާގަ ހާސިލްކުރިއެވެ. 

ކިޔެވުން ނިންމުމަށްފަހު، ރަމީޒާ ލޯ ފަރމެއްގައި ސެކްރެޓަރީއެއްގެ ގޮތުގައި 8 އަހަރު މަސައްކަތްކުރިއެވެ. މި މުއްދަތުގައި ރަމީޒާ ވަނީ ލަވަކިޔުމުގައި އޭނާގެ ޕާޓްނަރެއް ކަމަށްވާ އިބްރާހިމް އާމިރާ ކައިވެނިކޮށްފައެވެ. އާމިރަކީ ދެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަހުމަދު އާމިރުއާއި ފަޒީލާ އާމިރުގެ ބޭބެއެވެ. މީގެއިތުރުން މި މުއްދަތުގައި ރަމީޒާ ވަނީ އައިޝަތު މާއިން ރަޝީދު، ލަހުފާ ފާއިޒް އަދި މީރާ މުހައްމަދު މާޖިދުފަދަ ޒުވާން އާޓިސްޓުންނަށް މެންޓާއެއްގެ ގޮތުގައި އިރުޝާދު ދީފައެވެ.

ފުރަތަމަ ދަރިފުޅު ލިބުމަށްފަހު، ރަމީޒާ ސެކްރެޓަރީކަމުގެ ވަޒީފާއިން ވަކިވެ، އަލްބަމްތަކަށާއި ފިލްމުތަކަށް ލަވަ ރެކޯޑްކުރަން ފެށިއެވެ. ރާފިޔަތު ރަމީޒާއަކީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ ކުރިއެރުމަށް މުހިންމު ހިއްސާއެއް އޮތް، ގިނަ ބަޔަކަށް އިންސްޕަޔަރޭޝަނަކަށް ވެފައިވާ ލަވަކިޔުންތެރިއެކެވެ.

82%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް