ads
ޒަކާތުގެ ހައުސްގެ މުވައްޒަފުން
ޒަކާތުގެ ގޮތުގައި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު 2.9 މިލިއަން
ޒަކާތުގެ ގޮތުގައި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު 2.9 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
Advertisement

މިއީ މިދިޔަ 5 އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ އަދަދެކެވެ.

ޒަކާތު ހައުސްއިން މައުލޫމާތު ދީފައިވާ ގޮތުގައި މިއަހަރާއި މިދިޔަ އަހަރާ އަޅާބަލާއިރު 81.25 ޕަސަންޓުގެ ތަފާތެއް ފެންނަން އެބައޮތެވެ. މިދިޔަ އަހަރު ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ލިބުނީ 1.6 މިލިއަން ރުފިޔާއެވެ. އަދި 2023 ވަނަ އަހަރު 1.39 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ޒަކާތުގެ އަޅުކަމާމެދު ހޭލުންތެރިކަން އުފެއްދުމަށްޓަކައި "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި 18 ޑިސެމްބަރު 2023 ގައި ހާއްސަ އިދާރާއެއް އުފައްދަވާފައިވެއެވެ. މި އިދާރާ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރަސްމީކޮށް އިފްތިތާހުކޮށްފައިވެއެވެ.

ހޭލުންތެރިކުރުމުގެ އިތުރުން ޒަކާތް ބަލައިގަތުމާއި ޒަކާތް ބެހުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށްވެސް ޒަކާތު ހައުސްއިން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އަދި ޒަކާތު ފަންޑުން އެކި ހިދުމަތްތަކަށް އެދެވޭ ގޮތް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް