
މިގޮތުން 2017 ވަނަ އަހަރު ފެށުނު މި ހަރަކާތަކީ ސޯޝަލް މީޑިއާގައި ކޮންމެ އަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ހަރަކާތެކެވެ.
ދިރާގުން މައުލޫމާތު ދިންގޮތުގައި މިއަހަރު ވެސް އެ ކުންފުނީގެ ޓީމުތައް މަގުމައްޗަށް ނުކުމެ ތަށިބަރިތައް އެކި އުމުރުފުރާގެ އާންމުންނަށް ހަދިޔާކުރަމުން ގެންދެއެވެ. މިގޮތަށް ލިބޭ ތަށިބަރިތައް، ލިބޭ ފަރާތްތަކުން ދަނީ އެހެން ފަރާތްތަކަށް ފޯރިއާއެކު ހަދިޔާކުރަމުންނެވެ. މިއީ ދިވެހިންގެ އާދަކާދަ ދިރުވައި ދެމެހެއްޓުމަށް އަންނަ ބަދަލެކެވެ.
ތަށިބަރި މޫވްމަންޓަކީ ދިވެހިންގެ މެދުގައި ކުރިން އޮތް އެއްގެއިން އަނެއްގެއަށް ކާނާ ފޮނުވުމުގެ ސަގާފަތް އާލާކުރުމަށް ދިރާގުން 2017 ގައި ފެށި ހަރަކާތެކެވެ. މި މޫވްމަންޓް ފެށުމަށްފަހު، އަމިއްލަ ކުންފުނިތަކާއި އޮފީސްތަކުން ވެސް ވަނީ މިފަދަ ހަރަކާތްތައް ފަށާފައެވެ. މިއީ ދިވެހިންގެ ކުރީގެ އާދަކާދަ ދިރުވުމަށް ކުރެވޭ މަސައްކަތުގެ މިސާލެއް ކަމުގައި ދިރާގުން ބުންޏެވެ.
ދިރާގަކީ ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެކެވެ. ކޮންމެ ރޯދަ މަހެއްގައި ވެސް މި ކުންފުނިން އަންނަނީ އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދެމުންނެވެ. ތަށިބަރި މޫވްމަންޓަކީ ދިވެހިންގެ ތެރޭގައި ގުޅުން ބަދަހިކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމަށް ހިންގޭ ފާހަގަކޮށްލެވޭ ހަރަކާތެއް ކަމުގައިވެސް ދިރާގުން ފާހަގަކުރި އެވެ.