ads
އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން
މަގުތައް ބަންދުކޮށް މުޒާހަރާކުރި ކަމަށް ބުނެ މައިމޫން ޕޮލިހަށް ހާޒިރުވާން އަންގައިފި
އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު ޕޮލިހަށް ހާޒިރުވުމަށް އަންގާ ޗިޓެއް އަންގާރަ ދުވަހު ފޮނުވައިފިއެވެ.
Advertisement

ޕޮލިހުން މައިމޫނަށް ފޮނުވި ޗިޓުގައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މުޒާހަރާކުރުމާއި މަގުތައް ބަންދުކުރި ކަމަށް ތުހުމަތުކޮށްފައެވެ.

ޗިޓުގައި ބަޔާންކޮށްފައިވާ ގޮތުން، މައިމޫން ވަނީ މާޗް 11 ވަނަ ދުވަހުގެ ރޭގަނޑު ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާގައި އަޑުގަދަކޮށް އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި މަގުބަންދު ކުރުމަށް ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް ހުރަސްކޮށް ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށްވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވެއެވެ.

މައިމޫން ޕޮލިހަށް ހާޒިރުވާން އެންގީ މާފަންނު ޕޮލިސް ސްޓޭޝަނަށް 19 ވަނަ ދުވަހުގެ މެންދުރު 1:00 އަށެވެ. މައިމޫނުގެ އިތުރުންވެސް އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ވަނީ ޕޮލިހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

މިގޮތުން ރީޝާ އަހުމަދު، އާއިޝަތް ނަޖުދާ އަލީ، ފާތިމަތު ޝިއުނާ، ހަދީޖާ މުހައްމަދު، މަރިޔަމް ޒުބައިރު، މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އަދި އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކުގެ އިތުރުން މާޒް ސަލީމް ހިމެނޭހެން މުޒާހަރާގައި ބައިވެރިވި އެތައް ފަރާތްތަކެއް މިހާތަނަށް ފުލުހުން ވަނީ ހާޒިރުކޮށްފައެވެ. މިއީ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ބާއްވަމުންދާ މުޒާހަރާތަކާ ގުޅިގެން ޕޮލިހުން ހާޒިރުކުރަމުންދާ ފަރާތްތަކުގެ ތެރެއިން މައިމޫނަކީ އިސް ފަރާތެއް ކަމަށް ފާހަގަކުރެވެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް