ads
ސުޕްރީމްކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ: ފޮޓޯ ސަން
އަޒްމިރަލްދާގެ ނޫސްބަޔާން ނެރުނު މައްސަލަ ވެސް ބަލަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ނޫސްބަޔާން ނެރޭތީ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
Advertisement

މި މައްސަލަ ބަލަން ނިންމީ ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައެވެ. 

ޖޭއެސްސީގެ ބައްދަލުވުމުގައި މި މައްސަލަ ބަލަން ނިންމި ނަމަވެސް، އެކަމާ ދެކޮޅަށް ކޮމިޝަނުގެ ބައެއް މެންބަރުން ވާހަކަދައްކާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި ކޯޓުތަކުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެންބަރުން ހިމެނެއެވެ. ނަމަވެސް މި މައްސަލަ ބަލަން ނިންމީ ގިނަ މެންބަރުންގެ ވޯޓާ އެކު ފަނޑިޔާރުންގެ ގާނޫނުގައި ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަކާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތުން، ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ނުވަތަ އޭނާ މަސައްކަތް ކުރަމުންދާ ކޯޓަކާ ގުޅޭ ގޮތުން، ސިޔާސީ ފަރާތްތަކުން ނުވަތަ މީޑިއާގެ ފަރާތަކުން ދައްކަމުންދާ ވާހަކައަކަށް ރައްދުދިނުމަށް، މީޑިއާގައި ނުވަތަ މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ފަނޑިޔާރަކު ސީދާ ރައްދު ދީގެން ނުވާނެއެވެ. 

މީޑިއާގައި އުފެދޭ މައްސަލަތަކަށް ކޯޓުގެ ކަމާބެހޭ މުވައްޒަފަކު މެދުވެރިކޮށް ޖަވާބުދާރީވެވިދާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑް ކުރުމަށްފަހު، އޭނާގެ ވަކީލް އިބްރާހިމް ޝަމީލް މެދުވެރިކޮށް އެކި ނޫސްބަޔާންތައް ނެރެފައިވެއެވެ. އޭގެ ތެރޭގައި އަޒްމިރަލްދާ ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ޖޭއެސްސީން ތަހުގީގު ހިންގައި ރިޕޯޓް އެކުލަވާލާފައިވާ ކަމާއި، އެ ތަހުގީގަށް ބަޔާން ދެއްވި ކްރިމިނަލް ކޯޓުގެ ތިން ގާޒީން އަޒްމިރަލްދާ ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ބުނެފައިވެއެވެ.

ޑރ. އަޒްމިރަލްދާ ސަސްޕެންޑް ކޮށްފައިވަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލައެއް ބަލާ ކަމަށް އެންގުމާ ގުޅިގެންނެވެ. މީގެ އިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އަޒްމިރަލްދާ އިންނެވި މައްސަލަ ވެސް ޖޭއެސްސީން ބަލަމުންދާ ކަމަށާއި، އެ މައްސަލައާ ގުޅިގެން ފަނޑިޔާރު މާދަމާ އެ ކޮމިޝަނަށް ހާޒިރުކުރަން ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް