ބޭނުންވާ ތަކެތި:
10 ފަތް (ކޮޕީ ފަތް/ ތުނިކޮށް ކޮށާފައި)
1 ފިޔާ (ބޮޑު/ ތުނިކޮށް ކޮށާފަ)
1 ގިތެޔޮމިރުސް (ކުދިކޮށް ކޮށާފަ)
1 ޖޯޑް ހުނި
10 ހިކަނދިފަތް
1 ލުނބޯ
½ ދަޅު މަސް (ތެޔޮ)
ރަހަލާ ވަރަށް ލޮނުކޮޅެއް
ތައްޔާރުކުރާނެގޮތް:
ފުރަތަމަ ކޮށާފަހުރި ފިޔާކޮޅާ ހިކަނދިފަތް، މިރުސް ތަށްޓަކަށް އަޅާފަ ލުނބޯ ޖަހާފަ ލޮނުރަހަލާ ވަރަށް ލޮނު ކޮޅެއް ލައި ރަނގަޅާށް މޮޑެލާށެވެ.ދެން އޭގެ ފަހުން މަސް ދަޅާ ހުނިކޮޅު އަޅާ އަނެއްކާވެސް ރަނގަޅަށް މޮޑެލާށެވެ.
އެއަށްފަހު އެމޮޑެފަ ހުރި މަސްކޮޅު ތެރެއަށް ފަތްކޮޅު އަޅާ ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށް މޮޑެލާށެވެ.
މިހާ ހިސާބުން މިހުރީ ކޮޕީ ފަތް މަސްހުނި ތައްޔާރުކޮށްލާ ނިމިފަ އެވެ. މީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ކާލަން ވަރަށް މީރު މަސްހުންނެކެވެ.