
އައްޑޫ ސިޓީ މީދޫ ޗަސްބިމުގައި ރޯވެ އެމްއެންޑީއެފްއިން ހަރަކާއްތެރިވަނީ
އައްޑޫ ސިޓީ މީދޫ ޗަސްބިމުގައި ރޯވެ އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ
ސީއެންއެމް ނިއުސް ޓީމް
19 މާރޗް 2025 - 16:39:26
އައްޑޫ ސިޓީ މީދޫ ޗަސްބިމުގައި އަލިފާނުގެ ހާދިސާ އެއް ހިންގައި އެމްއެންޑީއެފް ސަދަން ކޮމާންޑް ހަރަކާތްތެރިވާންފަށައިފި އެވެ.
އައްޑޫ ސިޓީ މީދޫ ޗަސްބިމުގައި އަލިފާން ރޯވެގެން އަލިފާން ނިވުމުގައި އެމްއެންޑީއެފް ސަދަން ކޮމާންޑް، ހުޅުމީދޫ ފަޔަރް ސްޓޭސނުގެ ފަޔާ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހަދިސާ ހިންގާން އުޅޭކަމުގެ މައުލޫމާތު އެމްއެންޑިއެފް އައް ލިބިފައި ވަނީ މިއަދު 11:45 ހާއިރުއެވެ. އެމްއެންޑީއެފް ގެ މީޑިއާ އޮފިސަރް ބުނީ އަދިވެސް އަލިފާން ގަންޑު ކޮންޓުރޯލް ނުވެ ބޯޑު ހިސާބެއް އަދައިފައި ވާކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެނގިފައެއް ނުވާ ކަމަށް ސިފައިން ބުންޏެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް