ads
އުފާވެރިކަމުގެ ދުވަސް ފާހަގަކުރަން މާދަމާ ހަދިޔާ ބަހަނީ
ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަސް" ފާހަގަކުރުމަށް މާލޭގައި މާދަމާ ހަދިޔާ ބަހަން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްއިން ނިންމައިފިއެވެ.
Advertisement

ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަހަކީ މާރިޗު މަހުގެ 20 ވަނަ ދުވަހެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނީ ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދާއި، މާދަމާ މާލޭގައި ތަފާތު ހަރަކާތްތައް ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ. އެގޮތުން ގިފްޓް ޕެކް ހަވާލުކުރުމާއި، ދުވަހާ ގުޅޭ ކާޑު ބެހުމާއި، މާ ހަދިޔާކުރުމާއި، ދުވަހުގެ ތަހުނިޔާ ފޮނުވުން ހިމެނޭކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

މީގެ އިތުރުން މިހާރު ލޯންޗްކޮށްފައިވާ "ހިތްހެޔޮކަމުން އުފާވެރިކަން" މި ކެމްޕޭނުގެ ދަށުން ހިތްހެޔޮކަމާއި، އޯގާތެރިކަމުން އުފާވެރިކަން ގެނުވައިދޭ ފަދަ ވީޑިއޯ ފޮނުވުމުގެ ހަރަކާތެއްވެސް ކުރިޔަށް ގެންދަން ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. 

މި އަހަރުގެ "ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަސް" ފާހަގަކުރަނީ ހެޕިނަސް އިންޑެކްޝަންގެ ޕާޓްނަރުން ކަމުގައިވާ ޕީއެސްއެމާއި، ދިރާގުގެ އިތުރުން ފުލުހުންނާއި، އުރީދޫ މޯލްޑިވްސްއާއި، ވީބީ މާޓް އަދި ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކުކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް