ads
ފޮޓޯ ސްޓެލްކޯ
ސްޓެލްކޯގެ ހަރަދުގައި އިންޖިނިއަރިންގެ ދާއިރާއިން ކިޔަވަން ސްކޮލަޝިޕްތަކެއް
ސްޓެލްކޯގެ ހަރަދުގައި އިންޖިނިއަރިންގެ ދާއިރާ އިން މަތީ ތައުލީމަށް ކިޔެވުމުގެ ސްކޮލަޝިޕްތަކަކަށް އެ ކުންފުނިން އިއްޔެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

ސްޓެލްކޯ އިން ބުނީ، ބެޗްލާސް ޑިގްރީ، އަންޑާ ގްރެޖުއޭޓް ކޯސް ފުރިހަމަ ކުރަން ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގައި ކަމަށާއި މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުގެ ތެރެއިން 3 ފަރާތަކަށް އެ ފުރުސަތު ދޭން ނިންމާފައިވާ ކަަމަށެވެ. އެގޮތުން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިން ދާއިރާއިން އެއް ޖާގަ އަދި މެކޭނިކަލް އިންޖިނިއަރިން އިން ދެ ޖާގަ ދޭން ވަނީ ނިންމާފަ އެވެ.

މި ކޯސް ފުރިހަމަ ކުރުމަށް ޔޫކޭގެ ދަ ޔުނިވާސިޓީ އޮފް މެންޗަސްޓާ އާއި ޔުނިވާސިޓީ އޮފް ލީޑްގެ އިތުރުން ޔުނިވާސިޓީ އޮފް ސައުތެމްޓަން ހިޔާރު ކުރެވޭނެ އެވެ.

މި ކޯހުގައި ބައިވެރިވެވޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 24 އަހަރުން ދަށުގެ ދިވެހި ރައްޔިތަކަށް ވުން ހިމެނެ އެވެ. މި ކޯހަކީ ސްޓެލްކޯއިން އެއްކޮށް ސްޕޮންސާ ކުރާ ކޯހެކެވެ.

މި ސްކޮލަޝިޕް ކޯސް ފެށުމުގެ ކުރިން 6 މަސް ދުވަހުގެ އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރަން ޖެހެ އެވެ. ނަމަވެސް ކޯސް ފަށާ ތާރީހަށް ބެލުމަށްފަހު އިންޓާންޝިޕްގެ މުއްދަތު ހަމަޖެއްސުމުގެ އިހްތިޔާރު ސްޓެލްކޯއަށް ލިބިގެންވެ އެވެ.

ކޯސް ނިންމުމަށްފަހު ސްޓެލްކޯ ސްކޮލަޝިޕް އެގްރީމެންޓުގައި ބަޔާންކޮށްފައިވާ ބޮންޑް ޕީރިއަޑަށް އަމަލުކުރަންވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި ފޯމު ހުށަހަޅާ ފަރާތުގެ އަމިއްލަ އިއުތިރާޒުގެ ސަބަބުން ހުށަހަޅާ އިންޓޭކްގައި ބައިވެރިނުވެވިއްޖެ ނަމަ، އެ އޮފާ އާއި އެއްބަސްވުން އުވާލުމުގެ އިހްތިޔާރު ސްޓެލްކޯއަށް ލިބިގެންވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު އެކުންފުނީގެ ވެބްސައިޓް އަދި 3338480 ނުވަތަ 3338236 އަށް ގުޅައިގެން ލިބޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް