ads
ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ:ހައިކޯޓު
47،000 ރުފިޔާގެ މުސާރައާއެކު ހައި ކޯޓުގެ އިސް ފަނޑިޔާރު މަގާމަށް އިއުލާނުކޮށްފި
މަހަކު 47،000 ރުފިޔާގެ އަސާސީ މުސާރައާއެކު އިތުރު އިނާޔަތްތައް ލިބޭގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިއްޔެ އިއުލާން ކޮށްފައިވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
Advertisement

މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައި ވުމާއި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނުގެ ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައި ވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުރުން މުހިންމު ކަމަށް ބުނެފައިވެއެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން އެވެ. އަދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް 10 ގެ ހެނދުނު 10 އެވެ.

އިސް ފަނޑިޔާރުގެ މުސާރައިގެ އިތުރުން، މަހަކު 18،000 ރުފިޔާގެ ލިވިން އެލަވަންސް އަދި 3،300 ރުފިޔާގެ ރިސްކު އެލަވަންސް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތުގެ މަތިން ހެލްތު އިންޝުއަރެންސް އަދި ފޯނު އެލަވަންސް ވެސް ދޭނެއެވެ.

މިހާރު ހައި ކޯޓުގައި 10 ފަނޑިޔާރުން ތިއްބަވައެވެ. މި މަގާމަށް ކުރިމަތިލާނީ އެ ކޯޓުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ތެރެއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް