ads
ސްޓެލްކޯ
ހިންގުން ހަރުދަނާކޮށް: ސްޓެލްކޯއަށް 137.9 މިލިއަން ރުފިޔާގެ ފައިދާ
ސްޓެލްކޯއިން މިދިޔަ އަހަރު ވަނީ އެ ކުންފުނީގެ މާލީ ނިޒާމު ހަރުދަނާކޮށް، ބޮޑު މާލީ ކާމިޔާބީއެއް ހާސިލުކޮށްފައެވެ.
Advertisement

ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ވިދާޅުވެފައިވާގޮތުން، 2023 ވަނަ އަހަރު ސްޓެލްކޯއަށް ދިމާވި 171.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަށްފަހު، 2024 ވަނަ އަހަރު ކުންފުނިން ވަނީ 137.9 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައެވެ.

ފަހުމީ ވިދާޅުވީ، މި ކާމިޔާބީ ހާސިލުވެފައިވަނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އިސްރާފު ކުޑަކޮށް، ވަސީލަތްތައް އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރުމުގެ ސަބަބުންނެވެ. މީގެ އިތުރުން، ކުންފުނީގެ މާލީ ނިޒާމަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ވެސް މި ކާމިޔާބީ ހާސިލުކުރެވުނުކަން ފަހުމީ ފާހަގަކުރެއްވިއެވެ. 

ސްޓެލްކޯއަކީ މާލޭ ސަރަހައްދާއި އެހެނިހެން ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ދޭ މުހިންމު ކުންފުންޏެކެވެ. ކުންފުނިން މިހާރު އަމާޒުކޮށްފައިވަނީ އިތުރަށް ޚިދުމަތުގެ ފެންވަރު މަތިކުރުމާއި، ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމަށް އެ ކުންފުނިން ބުނެއެވެ. 

ފާއިތުވި އަހަރުތަކުގެ މާލީ އަދި ހިންގުމުގެ މަސައްކަތްތަކަށް ބަލާއިރު، ސްޓެލްކޯއަށް މިއީ އެންމެ ބޮޑު ފައިދާއެވެ. މި ކާމިޔާބީއަކީ ކުންފުނީގެ މުވައްޒަފުންނާއި އިސް އިދާރީ ވެރިންގެ ކެނޑިނޭޅި ކުރައްވާ މަސައްކަތުގެ ނަތީޖާއެއް ކަމުގައި ފަހުމީ ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް