
ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ތަކެއް ފުލުހުން ދައްކާލަނީ
ދެ ކިލޯގެ މަސްތުވާތަކެއްޗާއެކު އަންހެނަކު ހައްޔަރުކޮށްފި
އަހުމަދު ހަސަން
21 މާރޗް 2025 - 00:19:18
ދެ ކިލޯގެ މަސްތުވާތަކެއްޗާއެކު އަންހެނަކާއި އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި އަންހެނަކީ ކުރިން ސުޕީރިއާ ކޯޓެއްގައި މަސައްކަތް ކުރި އަންހެނެކެވެ.
އޭނާ ކޯޓުގެ ވަޒީފާއިން ވަކިކޮށްފައިވަނީ މައްސަލަތަކުގެ ލިޔުންތަކާއި އޭނާ މަސައްކަތް ކުރި ކޯޓުގެ ތައްގަނޑު، އޮފީހުން ބޭރަށް ގެންދަން އުޅުނު މައްސަލައެއްގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ދެ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ބަންދަށްވަނީ 15 ދުވަސް ޖަހާފައެވެ.
މި މައްސަލައާއި ގުޅިގެން އިތުރު ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސްވަނީ މައުލޫމާތު ލިބިފައެވެ. މި ދެ މީހުންގެ ބަންދަށްވެސް ކޯޓުންވަނީ 15 ދުވަސް ޖަހާފައެވެ.
20%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް