އިމިގްރޭޝަން ކޮންޓްރޯލަރު ކަމަށް ކުރީގެ ސީޕީ ފަަސީހް އައްޔަން ކުރިކަން، ރޭ ދަންވަރު ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ހާމަ ކުރެއްވި އެވެ.
އެކްސްގައި ހީނާ ވިދާޅުވި ގޮތުގައި، ފަސީހް އިމިގްރޭޝަން ކޮންޓްރޯލަރަކަށް ހަމަޖެއްސީ ސްޓޭޓް މިނިސްޓަރުން ފެންވަރުގަ އެވެ.
ކުއްލި ގޮތަކަށް މިރޭ މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކުރީ އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަކާއެކުގަ އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު ކަމަށް އައްޔަން ކުރި ފަސީހަކީ، ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނުއިރު، ޕޮލިސް ކޮމިޝަނަރެވެ. ނަޝީދުގެ ވެރިކަން ވެއްޓުނީ، ފަނޑިޔާރަކު ގާނޫނާ ހިލާފަށް ހައްޔަރު ކުރުމާ ގުޅިގެން ސިލްސިލާކޮށް ހިނގައިދިޔަ މުޒާހަރާތަކަށް ފަހު އެވެ.