ads
ތޭޖަސްވީ އާ ކަރަން
ތޭޖަސްވީއާ ކަރަން މިއަހަރު ކައިވެނި ކުރަނީ
ޓީވީ ދެ ތަރިންކަމަށްވާ ކަރަން ކުންދްރާ އާއި ތޭޖަސްވީ ޕްރަކާޝް މިއަހަރުގެ ތެރޭގައި ކައިވެނިކުރަން ނިންމައިފިއެވެ.
Advertisement
ކަރަންއާ ތޭޖަސްވީ ބައްދަލުވީ "ބިގް ބޮސް 15" ގެ ސެޓުންނެވެ. އެ ޝޯގެ ތެރެއިން ދެމީހުން ލޯބީގެ ގޮތުން ގުޅި ޝޯގެ ތެރޭގައިވެސް އެ މީހުން ވަނީ އެ ވާހަކަ ދައްކާފައެވެ. 

މި ދެތަރިން ކައިވެނި ކުރަން އުޅޭކަމުގެ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެހެންނަމަވެސް މި އަހަރު ތެެރޭގައި ކައިވެނި ކުރާނެކަމުގެ އިޝާރާތެއް ދިނީ ތޭޖަސްވީގެ މަންމައެވެ. އެ އިޝާރާތް ތޭޖަސްވީގެ މަންމަ ދިނީ މިހާރު ކުރިޔަށްދާ ސެލެބްރިޓީ މާސްޓާޝެފްގެ އެޕިސޯޑެއްގައި ވާހަކަ ދައްކަމުންނެވެ. ތޭޖަސްވީ މަންމަ ބުނީ މިއަހަރުވެސް އެ ކައިވެނި ކޮށްފާނެކަމަށެެވެ. 

މަންމަގެ އެވާހަކަތަކާއި ގުޅިގެން ސެލެބްރިޓީ މާސްޓާޝެފް ހޯސްޓްް ފަރަހާން ސުވާލުކުރުމުން ތޭޖަސްވީ ލަދުން ހުރެ ބުނީ އެފަދަ އެއްވެސް ކަމެއް ނުހިނގާކަމަށެވެ. އެހެންނަމަވެސް ތޭޖަސްވީ ވަނީ ދާދި ފަހުން ކަރަންއާ ކައިވެނިކުރަން އުޅޭ ކަހަލަ ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން އެ ދެމީހުންގެ ކައިވެނި މާ ބޮޑު ހަފަލާއެއް ނުބާއްވާ އާދައިގެ ކޯޓެއްގައިވެސް ކޮށްފާނެކަމަށް ތޭޖަސްވީ ވަނީ ބުނެފައެވެ. 

"ބިގް ބޮސް 15" ގެ ކަޕްލްގެ ގޮތުގައި މަޝްހޫރުވި މި ދެތަރިން އެކުގައި އުޅޭތާ ވަނީ ވަރަށް ދުވަސްވެފައެވެ.  އެ ސިރީޒަށް ފަހު ތޭޖަސްވީ އެބންމެ މަޝްހޫރު ވެގެންދިޔައީ އެކްތާ ކަޕޫރުގެ ނާގިން 6 އިންނެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް