ads
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން މުހައްމަދު
ޝައްމާން މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ކޯޓަށް ހާޒިރުކުރުމަށްފަހު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ކުރި އަމުރު، ހައިކޯޓުން ބޭރުކޮށްލައިފި އެވެ.
Advertisement

މިދިޔަ ހަފްތާގައި ކުއްލި ގޮތަކަށް މަގާމުން ވަކިކުރި ޝައްމާންގެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ބުދަ ދުވަހުއެވެ. އެ މައްސަލަ ކޯޓުން ބޭރުކޮށްލީ، އެސިސްޓެންޓް ރެޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ސޮއިކޮށް ބުރާސްފަތި ދުވަހުއެވެ.

ޝައްމާން 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ އިމިގްރޭޝަންގެ ކުރީގެ އިސްވެރިޔާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިދާނެކަމުގެ ބިރު އޮތުމާއެކު، އަދި ހެކިތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމަށް ބެލެވޭތީއެވެ. އޭނާ ކޯޓަށް ހާޒިރުކުރެވުނީ ތަހުގީގީ އިދާރާތަކުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ.

ޝަމްއާން ހިމެނޭހެން އިމިގްރޭޝަން އޮފިސަރުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒް މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއް ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ. ފުލުހުން ބުނީ، ޝަމްއާން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރިއިރު، ތަހުގީގަށް ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކުރުމަށް ފަހު، ސީދާ އޭނާއާ ގުޅޭ ގޮތުން ފުލުހުން ފުރަތަމަ ފަހަރަށް ނެރުނު ބަޔާނުގައި ބުނީ، އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު، އެ ބިދޭސީންތައް ގެންދިޔަ ކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން ހިންގީ ވެސް ފުލުހުން ބުނިގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އަދި، އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީން ގެންދިޔައީ ގިނަ އަދަދެއްގެ ފައިސާއާއެކުކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި، އޭގެ އެއް ދުވަސްފަހުން، ކުރީގެ ކޮންޓްރޯލަރ، ޝައްމާންގެ އަމުރަށް އެތަނުން 530،000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު، ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން، މި ބިދޭސީން ހައްޔަރުކުރި ގެ ބަލާފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަންގެ މުވައްޒަފެއް، ބަންދުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި، އެފައިސާތައް ހިފައިގެން ޝައްމާން ދިރިއުޅުއްވަމުން ގެންދެވި އިމާރާތަށް ވަދެފައިވާކަން އެނގިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުކަމަށް ޝަމްއާން އައްޔަންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 19 ނޮވެމްބަރު 2023ގައެވެ.

އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން ޝަމްއާން ވަކިކުރެއްވުމަށް ފަހު އެ މަގާމަށް ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) އަހުމަދު ފަސީހު އައްޔަންކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް