ads
ގޮވާމުގެ ގޮތުގައި ލިބުނު ފިތުރު ޒަކާތް
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތް ގޮވާން ހުކުރު ދުވަހު ދޫކުރަން ފަށަނީ
ޒަކާތު ހައުސްއިން މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް މާދަމާއިން ފެށިގެން ފަގީރުންނާއި މިސްކީނުންނަށް ދޫކުރަން ފަށާނެ ކަމަށް އެ އޮފީހުން ބުނެފިއެވެ.
Advertisement

މި ތަކެތި ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އިސްކަންދަރު ސްކޫލުގައި ކަމަށް ޒަކާތު ހައުސްއިން މައުލޫމާތު ދީފައިވެއެވެ.

ޒަކާތު ހައުސްއިން ބުނީ، މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ގޮވާމުގެ ބާވަތްތައް ބެހުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. މާދަމާ ގޮވާން ބެހުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:00 އިން 4:30 އަށް އަދި ރޭގަނޑު 9:30 އިން 11:00 އަށެވެ. އަދި މާދަމާއާ ޖެހިގެން އަންނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:00 އަށާއި، މެންދުރުފަހު 1:00 އިން 3:00 އަށް އަދި 4:00 އިން 5:00 އަށް ގޮވާން ބެހުން ކުރިއަށްދާނެއެވެ.

އަތޮޅުތެރޭގައި ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާން ބަލައިގަތުމާއި ބެހުމުގެ ކަންކަން ކުރިއަށްދާނީ އެ ރަށެއްގެ ކައުންސިލް އިދާރާއިން ހަމަޖައްސާ ގޮތެއްގެ މަތިން ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ. އަތޮޅުތެރޭގައިވެސް ގޮވާމުން ފިޠުރު ޒަކާތް ބަލައިގަނެ، އެ ރަށެއްގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައިވާ ފަރާތްތަކަށް ބެހުމަށް ހުއްދަދީފައިވާ ކަމަށް ޒަކާތު ހައުސްއިން ހާމަކޮށްފައިވެއެވެ.

ފިޠުރު ޒަކާތަކީ ރޯދަ މަހުގެ ނިޔަލަށް ކޮންމެ މުސްލިމަކު ދޭންޖެހޭ ޒަކާތެއް ކަމަށްވާއިރު، މިއަހަރު ރާއްޖޭގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދަކީ 100 ރުފިޔާއެވެ. ފިޠުރު ޒަކާތް ދެއްކުމުގެ އެންމެ ފަހު ވަގުތަކީ ޢީދު ދުވަހުގެ ނަމާދަށް ދިއުމުގެ ކުރިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް