
ބޭނުންވާ ތަކެތި:
1 ޕެކެޓް ޕާސްތާ
5 ޖޯޑް ފެން
2 ފިޔާ (ބޮޑު/ކުދިކޮށް ކިޔުބް ކޮށް ކޮށާފަ)
1 ކޯޅި ހިކަނދިފަތް
1 ގިތެޔޮ މިރުސް (ކުދިކޮށް ކިޔުބްކޮށް ކޮށާފަ)
4 ސްލައިސް ޗީޒް
1 ޖޯޑް ފުލްކުރީމް މިލްކް
2 ސައިސަމުސާ އަސޭމިރުސް (މުގުރި)
2 ސައި ސަމުސާ ( ތެޅި މިރުސް)
2 ސައި ސަމުސާ ތެޔޮ
3 ލޮނުމެދު (ބުލެންޑަރ އިން ހިމުންކޮށްލާފަ)
1 ދަޅު މަސް (ތެޔޮ)
ތައްޔާރުކުރާނެގޮތް:
ފުރަތަމަ 5 ޖޯޑް ފެން ތެއްޔަކަށް އަޅާ ކުޑަ ލޮނުކޮޅެއް އަޅާ ފެންކޮޅު އުދާލާށެވެ. ފެންކޮޅު ހޫނުވެ ކެކެން ފެށުމުން ޕާސްތާ ޕެކެޓް އެއަށް އަޅާލާ 15 މިނިޓް ނުވަތަ ޕާސްތާކޮޅު މަޑުވަންދެން ކައްކާލާށެވެ. އެއަށް ފަހު އުނދުންމަތިން ތެލި ބާލާ ޕާސްތާކޮޅު އެހެން ތަށްޓަކަށް ނަގާފަ ވަކިން ބަހައްޓާށެވެ.
އެއަށްފަހު އެހެން ތެއްޔެއް އުދާ އެއަށް ތެޔޮކޮޅު އަޅާ ތެޔޮކޮޅު ހޫނުވުމުން އުނދުން މަޑުގިނީގަ ބަހައްޓާ ކޮށާފަހުރި ފިޔާ، ގިތެޔޮ މިރުސް، ލޮނުމެދު އަދި ހިކަނދިފަތް ކޮޅު އަޅާ ދޭފަތަކުން ހަލުވަމުން ގެންދާށެވެ.
ދެން ފިޔާ ކޮޅު ރަން މުށި ކުލައެއް އެރުމުން އެއަށް މަސްދަޅާ، އަސޭމިރުސްކޮޅާ ތެޅިމިރުސް ކޮޅު އަޅާ އޭގެތެރެއަށް ފުލްކުރީމް މިލްކްކޮޅާ ލޮނުކޮޅެއް އަޅާ އޭގެތެރެއަށް ވަކިން ބަހައްޓާފަހުރި ޕާސްތާކޮޅު އަޅާ މަޑުގިނީގައި ކައްކާލާށެވެ.
އެއަށްފަހު ޕާސްތާކޮޅު ކެކެއްފެށުމުން އޭގެރެއަށް ޗީޒް ފޮތިތަށް ލައިގެން އަނެއްކާވެސް މަޑުގިނީގަ 5 މިނިޓް ކައްކާލާށެވެ. ދެން އުނދުން މަތިން ތެލި ބާލާއިރު ވައިޓް ސޯސް ޕާސްތާ ހުންނާނީ ތައްޔާރުވެފަ އެވެ.