ads
ރާއްޖެ އެތެރެކުރަން އުޅެނިކޮށް އިންޑިއާގެ ކޯސްޓް ގާޑުން އަތުލައިގަތް މަސްތުވާތަކެތި.
ބޭރު ބޯޓަކުން ހަތް ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
ބޭރު ބޯޓަކުން ހަތް ކިލޯގެ މަސްތުވާތަކެތި ފެނި 10 މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއައި ބޭރު ބޯޓަކުން ފެނުނު ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އިންޑިޔާ މީހުންނާއި އިންޑޮނީޝިއާ މީހުންނެވެ.

ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ހަ މީހެއްގެ ބަންދަށް ކޯޓުންދިނީ އެންމެ ދުވަހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުންގެ ބަންދަށް އެއް ދުވަސް ޖެހީ އެ މީހުން ދައްކާ ވާހަކަ ތަރުޖަމާ ކުރާނެ މީހަކު ހޯދުމަށެވެ. ހަ މީހެއްގެ ބަންދަށް އެއް ދުވަސް ޖެހިއިރު، ބާކީ ތިބި އަނެއް ހަތަރު މީހުންގެ ބަންދަށް ކޯޓުން ޖެހީ ފަސް ދުވަހެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކޮށްފައި ތިބި 10 މީހުންގެ ތެރެއިން ހަތް މީހުންނަކީ އިންޑިޔާ މީހުންނެވެ. އަނެއް ތިން މީހުންނަކީ އިންޑޮނީޝިއާ މީހުންނެވެ.

ރާއްޖެއަށް 30 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ދާދި ފަހުން އިންޑިޔާއިންވެސްވަނީ ބޯޓެއް އަތުލައިގެންފައެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އެ ގައުމުގެ ކޯސްޓްގާޑާއި ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް އިން މި މަހުގެ ފަސް ވަނަ ދުވަހު ހިންގި ބޮޑު އޮޕަރޭޝަނެއްގައި، ރާއްޖެއަށް ދަތުރުކުރަން އޮތް ޓަގު ބޯޓަކުން ގާތްގަނޑަކަށް 30 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް