ads
މިދިޔަ އަހަރުގެ ފިތުރު އީދުގައި މާލެ ދިއްާލުމުން އެތަނުގައި އާއިލާތަކުން ހަރަކާތްތެރިވަނީ
އީދު ކުލަތަކުން މިފަހަރު 65 ރަށެއް ދިއްލާލާނެ
މި އަަހަރުގެ ފިތުރު އީދަށް ރާއްޖޭގެ 56 ރަށެއް އީދު ކުލަތަކުން ދިއްލާނާނެކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
Advertisement

މިއަހަރުގެ ފިތުރު އީދަށް ރާއްޖޭގެ އެކި ކަންކޮޅުގައި ހަރުކުރި އީދު ލައިޓްތައް ދިއްލާލާނީ އަންނަ ހޮނިގިރު ދުވަހުގެ ރެއިން ފެށިގެންނެވެ. 

މި އަހަރަށް އީދު ލައިޓްތައް ދިއްލުމަށް ހޮނިހިރު ދުވަހުގެ ރޭ ހާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތުގައި ރައީސް ޑރ. މުއިއްޒުި ބައިވެރިވެޑައިގަންނަވާކަމަށް ލޯކަލް ގަވަނެންސް މިނިސްޓްރީން ބުނެއެވެ. މި ހަރަކާތަކީ ސަރުކާރު ކުންފިނިތަކުން ބައިވެރިވެގެން  ބާއްވާ ހަރަކާތެއްކަމަށް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ. 

your imageމިދިޔަ އީދުގައި ހުޅުމާލެ ދިއްލާލާފައި 

މިދިޔަ އަހަރު އީދު ލައިޓް ފޮނުވުނީ މައިގަނޑު ގޮތެއްގައި އަތޮޅުވެރިން ކުރާ ރަށްރަށް ކަމަށާއި އޭގެ އިތުރުން މިފަހަރު ސަރުކާރުން  ކޮންމެ އަތޮޅެއްގެވެސް 2 ރަށަކަށް އީދު ލައިޓް ފޮނުވާފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިއަހަރު މިދިޔަ އަހަރަށްވުރެ އިތުރަށް އިތުރު 36 ރަށެއްގައި އީދު ލައިޓްތައް ހަރުކޮށް ދިއްލާނެކަަމަށް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ. މި 36 ރަށަށް އީދު ލައިޓް ގެނައުމަށް ދައުލަތުގެ ބަޖެޓުން 28 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ ވިދާޅުވެފައެވެ. 

your imageމިދިޔަ އީދުގައި މާލެ ދިއްލާލާފައި

މި ފަހަރު އަލަށް އީދު ލައިޓްތައް ދިން ރަށްތައް 

ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ، ށ.މިލަންދޫ، ށ. ފޯކައިދޫ، ނ.ވެލިދޫ، ނ.ހޮޅުދޫ، ރ. އައލިފުށި، ރ.ދުވާފަރު، ބ.ތުޅާދޫ ، ބ.ހިތާދޫ، ޅ.ހިންނަވަރު، ޅ.ކުރެންދޫ، ކ.ކާށިދޫ، ކ.މާފުށީ، އއ.ތޮއްޑޫ، އއ.އުކުޅަސް ، އދ.މާމިގިލި، އދ.އޮމަދޫ، ވ.ކެޔޮދޫ، ވ.ފުލިދޫ، މ.މުލައް، މ.ކޮޅުފުށީ ، ފ.ބިލެއްދޫ، ފ.ފީއަލި ،ދ.މީދޫ، ދ.މާއެނބޫދޫ، ތ.ތިމަރަފުށީ، ތ. ވިލިފުށި ، ލ.ގަން، ލ.މާވަށް، ގއ، ދާންދޫ، ގއ.ގެމަނަފުށި، ގއ.ގައްދޫ، ގދ.މަޑަވެލި. 

your imageމިދިޔަ އީދުގައި ހުޅުމާލެ ދިއްލާލާފައި

މިފަހަރު އަތޮޅުތަކުން ރަށްރަށް އިހްތިޔާރުކުރީ ކޮންމެ އަތޮޅަކަށްވެސް ސަރުކާރުން ކަނޑައެޅި 2 ރަށަކަށް އެ ފުރުސަތު ދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 2 ރަށް އިހްތިޔާރު ކުރީ އާބާދީ އެންމެ ގިނަ ރަށްރަށަށް ބަލައިގެންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މާލޭ ފިތުރު އީދަށް ދިއްލާމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި އީދު ލައިޓްތައް ހަރުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލާއި މިނިސްޓްރީ ގުޅިގެން އަންނަނީ ކުރަމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް