
މި ޝޯގެ އާ ސީޒަންގައި ކިންގްސް ރޯޑަށް އެނބުރި ދިއުމުގެ ކުރިން ކާސްޓު މެންބަރުން ރާއްޖޭގައި ޗުއްޓީއެއް ހޭދަކުރާނެއެވެ.
މި ސީޒަންގައި އޮލީ އަދި ގާރެތް ލޮކް-ލޮކް ފަދަ މަޝްހޫރު މެންބަރުންގެ އިތުރުން ތިން އާ މެންބަރުން ޝޯއަށް ބައިވެރިވެފައިވެއެވެ. އެއީ 25 އަހަރުގެ ކަބީރު ހުރާނާ، 23 އަހަރުގެ ލިވީ ބާކާ އަދި 23 އަހަރުގެ އެލިސް ޔެކްސްލީއެވެ. ކަބީރަކީ ފިލޯސަފީ ގްރެޖުއޭޓެއް ކަމަށާއި، ޝޯގެ މެންބަރު ޕެރިސްގެ ރައްޓެއްސެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރާއްޖެއަށް ކުރާ މި ދަތުރުގައި ޝޯގެ ހުރިހާ މެންބަރުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި މައިލްސް ނަޒެއާ، އެންގަސް ފިންޑްލޭ، ސޯފީ ހަރިމަން، ފްރެޑީ ނެޗްބުލް، ޓްރިސްޓަން ފިޕްސް، ޖޫލިއާ 'ޖޫލްސް' ޕޮލާޑް، ސެމް ޕްރިންސް، ޖެސްމިން 'ޖާޒް' ސޯންޑަސް، ޕެރިސް ސްމިތް، ލޯރެން ސިންޓެސް، ޒެއިނޯ ޓެއިލަން، ޖެކް ޓޭލަ، ޑޭވިޑް 'ޓެމްޕްސް' ޓެމްޕްލަ، ސެމް ވެންޑަޕަމްޕް، ޓަބިތާ ވިލެޓް އަދި ޔަސްމިން ޒްވީގަރސް ހިމެނެއެވެ.
ރާއްޖޭގައި ހޭދަކުރާ ޗުއްޓީއަށްފަހު ކާސްޓު މެންބަރުން އެނބުރި ލަންޑަންގެ ރޯޔަލް ބަރޯއަށް ދާނެއެވެ.