ads
ރިއާ އަދި ސުސާންތު
ސުޝާންތު މަރައިލިކަމުގެ ތުހުމަތުން ރިއާ ރަސްމީކޮށް ސަލާމަތް ވެއްޖެ
ބޮލީވުޑް ތަރި ސުޝާންތު ސިންގް ރާޖްޕުތްގެ މަރާ ގުޅިގެން ހިންގުނު ތަހުގީގު ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ނިންމާލައިފިއވެ.
Advertisement

ސީބީއައި އިން ކޯޓަށް ހުށަހެޅި ރިޕޯޓުގައި ބުނެފައިވަނީ ސުޝާންތް މަރުވީ އަމިއްލަކަމަށެވެ. އޭނާގެ ގާތް ރަހުމަތްތެރިއާ ރިއާ ޗަކްރަބޯޓީ އާއި އޭނާގެ އާއިލާގެ ކުށެއް ނެތްކަމަށްކަމަށް ސީބީއައި އިން ބުނެއެވެ. މިއީ 2020 ވަނަ އަހަރުގެ ޖޫން 14 ވަނަ ދުވަހު ސުޝާންތް މުންބާއީގެ ބަންދްރާގައި ހުރި އޭނާގެ ގެއިން މަރުވެފައި ފެނުނު ފަހުން ހިންގުނު 4 އަހަރަށްވުރެ ދިގު ތަހުގީގެއް ނިމެވެ. 

ސުޝާންތްގެ މަރާ ގުޅިގެން ރިއާ ޗަކްރަބޯޓީއާ ދެކޮޅަށް ސުޝާންތްގެ އާއިލާއިން ވަނީ އެފްއައިއާރެއް ހުށަހަޅާފައެވެ. އެ އެފްއައިއާރުގައި ރިއާ އާއި އޭނާގެ އާއިލާއަށް ތުހުމަތު ކޮށްފައިވަނީ ސުޝާންތް އަމިއްލައަށް މަރުވުމަށް ހިތްވަރު ދިނުމާއި އޭނާގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަމަށެވެ. ނަމަވެސް ސީބީއައި އިން 150 އަށްވުރެ ގިނަ ހެކިންގެ ބަޔާން ނަގައި، ޑިޖިޓަލް ހެކިތައް ދިރާސާކޮށް، ސުޝާންތްގެ ނަފްސާނީ ހާލަތު ބެލުމަށްފަހު ނިންމީ މި ތުހުމަތުތަކަށް އެއްވެސް ހެއްކެއް ނެތްކަމަށެވެ. އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ފޮރެންސިކް ތަހުލީލުތަކުންވެސް ދައްކާފައިވަނީ ސުޝާންތް މަރުވީ އަމިއްލައަށް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. 

ރިއާ ޗަކްރަބޯޓީއަށް މިއީ ވަރަށް މުހިންމު ކާމިޔާބީއެކެވެ. ސުޝާންތްގެ މަރާ ގުޅިގެން އޭނާ ވަނީ ސޯޝަލް މީޑިއާގައި ގިނަ ފާޑުކިޔުންތަކާ ކުރިމަތިލާންޖެހިފައެވެ. އަދި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހިންގި މަސްތުވާތަކެއްޗާ ގުޅުންހުރި ތަހުގީގެއްގައި 2020 ވަނަ އަހަރު ގާތްގަނޑަކަށް އެއް މަސް ދުވަހު ޖަލުގައި ހޭދަކުރަން ޖެހުނެވެ. ސީބީއައި ގެ މި ނިންމުމާއެކު ރިއާއަށް އޭނާގެ ކެރިއާ އަލުން ބިނާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ސުޝާންތް ސިންގް ރާޖްޕުތްގެ މަރާ ގުޅިގެން ހިންގުނު ތަހުގީގު ނިމުމަކަށް އައިސްފައިވީނަމަ ވެސް، 34 އަހަރުގައި ދުނިޔެ ދޫކޮށްދިޔަ މި ޓެލެންޓެޑް އެކްޓަރުގެ ފޭނުން އަދިވެސް ހިތާމަކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް