
މާލެއާއި ހުޅުމާލެއާ ދެމެދު މީރު ފެން ދައުރުކުރެވޭ ގޮތަށް ސިނަމާލޭ ބްރިޖުގައި އަޅާފައިވާ ހޮޅިން ފެން ގުޅާލުމުގެ މަސައްކަތް ފެށޫ 2018 ގައެވެ. އެހެންނަމަވެސް މިހާތަނަށް އެ މަސައްކަތް ކުރިޔަށް ގޮސްފައެއް ނުވެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ އެ ފެންހޮޅި ޓެސްޓްކުރުމުގެ މަސައްކަތައް ފަށާފައިވާކަަަމަށެވެ. އެގޮތުން އެ ހޮޅި ސާފުކޮށް މާލެއާ ހުޅުމާލެ ކޮޅުން މިހާރު ގުޅާލާފައިވާ ކަމަށެވެ. އަދި ވަގުތީ ގޮތުން މިހާރު 3000 ޓަނުގެ ފެން އެ ހޮޅި މެދުވެރިކޮށް ދައުރުކުރަމުންދާނެކަމަށާއި މި މަސައްކަތް ނިމޭއިރު 20،000 ޓަނުގެ ފެން މާލެއިން ހުޅުމާލެއަށް ހޮޅި މެދުވެރިކޮށް ފޮނުވާނެކަމަށް މަތީން ވިދާޅުވިއެވެ.
މީގެއިތުރުން ފެން ފޮނުވުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންގެ އިމާރާތުގެ މަސައްކަތް އަންނަ މަހު ނިންމާ ޕަމްޕުތައް ބަހައްޓައި އެތަނުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާނެކަމަށް މަތީން ވިދާޅުވިއެވެ.
ހުޅުމާލެއާ މާލެެއާއި ދޭތެރޭ އަޅާފައިވާ ފަނުގެ ނިޒާމުގެ ހުރިހާ މަސައްކަތެއް ނިންމށާ މި އަހަރުގެ ޖުލައި ނޫނީ އޮގަސްޓުގައި ހިދުމަތް ފެށުމަށް އެމްޑަބްލިޔު އެސްސީން އަންނަނީ މަސައްކަތް ކުރަމުންމެވެ.