އެ ކުންފުނިން ނެރުނު ނޯޓިސްއެއްގައި ބުނީ ފެނުގެ ހިޔާގެ އަށް ޓަވަރަކުން މިރޭ ފެނުގެ ހިދުމަތް ކެނޑޭނެކަމަށެވެ. އެއީ ޓަވަރު 9، 10 ، 11 ،12، 13 ، 14 ، 15 އަދި 16 އިން ކަމަށެވެ. އަދި މި ޓަވަރުތަކުން ފެނުގެ ހިދުމަތް ނުލިބޭނީ ކޮންމެ ޓަވަރެއްގެވެސް 9 ވަނަ ބުރިން 16 ވަނަ ބުރިއާއި ހަމައަށް ކަމަށެވެ.
އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ހިދުމަތް ކެނޑޭނީ މިރޭ 23:00 އިން ދަންވަރު 02:00 ޖަހަންދެންކަމަށެވެ.
ބައެއް ހިޔާޓަވަރުތަކުން ފެނުގެ ހިދުމަތް ކަނޑާލަނީ އެ ޓަވަރުތަކަށް ފެން ފޯރުކޮށްދޭ ބޫސްޓާ ޕަމްޕު ސިސްޓަމަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން އެކަން ރަނގަޅުކުރަން މަރާމާތުގެ މަސައްކަތެއް ކުރުމަށްކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.