ads
މާލޭގައި އީދު ނަމާދު ކުރަނިކޮށް--
މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރާނެ
ފިޠުރު އީދު ނަމާދު މިއަހަރު މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާއަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
Advertisement

މާފަންނު ސްޓޭޑިއަމް، ވިލިމާލޭ ބޯޅަދަނޑު، ހުޅުމާލެ ސިންތަޓިކް ޓްރެކް އަދި ހުޅުމާލެ ކުރިކެޓް ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރަން ވަނީ ހަމަޖެހިފައެވެ. 

މީގެ އިތުރުން، މާލެ ސަރަހައްދުގެ ޖުމްލަ 27 ތަނެއްގައި އީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. މީގެ ތެރޭގައި މާލޭގެ އެކި މިސްކިތްތަކާއި، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތައް ހިމެނެއެވެ.

ނަމަވެސް، ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ ޢީދު ނަމާދުގެ ބޮޑުޖަމާއަތް ކެންސަލްވެއްޖެނަމަ، ޢީދު ނަމާދު ކުރާނީ މާލެ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެކުރިން ޢީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30 ގައި ނަމަވެސް، މިދިޔަ އަހަރުގެ ފިތުރު ޢީދުން ފެށިގެން ޢީދު ނަމާދުކުރަން ފަށާ ވަގުތު ހެނދުނު 7:00 އަށް ވަނީ ބަދަލުކޮށްފައެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ ހިނގަމުން މިދާ މަހުގެ 31 ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް