ads
ސީއެންއެމް ބަދިގެ: ކާށި ޕުޑިން
"ސީއެންއެމް ބަދިގެ" އިން މިއަދު މި ގެނެސްދެނީ "ކާށި ޕުޑިން" ތައްޔާރުކުރާނެ ގޮތެވެ.
Advertisement

ބޭނުންވާ ތަކެތި:

2 ޖޯޑް ގެރިކިރު

ގާނާފަ ހުރި 2 ކާށި ހުނި

1 ސައިސަމުސާ އެސެންސް (ވެނީލަ / ބަނާނާ)

2 މޭޒުމަތީ ސަމުސާ ހަކުރު

3 ބިސް 

ކުޑަ ލޮނު ކޮޅެއް

½ މޭޒުމަތީސަމުސާ ބަޓަރު (ތަބަކުގަ އުނގުޅާ)

ތައްޔާރުކުރާނެގޮތް:

ފުރަތަމަ ޕުޑިން ފިހަން ބޭނުން ކުރާނެ ޓްރޭގައި ބަޓަރު ކޮޅު އުނގުޅާލާށެވެ. އެއަށްފަހު ބޯތަށްޓެއްގެ ގެރިކިރުކޮޅު އަޅާ އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ހަކުރު، އެސެންސް އަދި ލޮނު ކޮޅެއް އަޅާފަ ރަނގަޅަށް ގިރާލާށެވެ. 

އެއަށްފަހު ބިސްކޮޅު އޭގެ ތެރެއަށް އަޅާލާށެވެ. ހުރިހާ އެއްޗެއް ނިކަން ރަނގަޅަށް އެއްވުމުން ކުރިން ބަޓަރު ކޮޅު އުނގުޅާލި ތަބަކަށް ދެންމެ ގިރާލި އެތިކޮޅު އަޅާލާށެވެ.

އެއަށްފަހު އަވަށް 180 ޑިގްރީސް ސެލްސިއަސް އަށް ހޫނު ކޮށްލާށެވެ. އަދި ހޫނު ކޮށްލި އަވަނަށް ޓްރޭ ލައިގެން ފިހެލާށެވެ. 15 މިނެޓް ވާއިރު ހުންނާނީ ޕުޑިން ނިމިފަ އެވެ.

އަދި ފިހެވުނީމަ ނަގާ ފޮތި ފޮތި ކޮށްލާށެވެ. މިހާރު މިހުރީ ކާށި ޕުޑިން ހަދާ ނިމިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް