
އާދިއްތަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 69،010 ޓޫރިސްޓުންނެވެ.
ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގައި ދެވަނައިގައި އޮތީ ރަޝިޔާއެވެ. ރަޝިޔާއިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 59،636 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. ލިސްޓުގެ ތިންވަނައިގައި އޮތީ 57،944 ޓޫރިސްޓުންނާ އެކު އިނގިރޭސިވިލާތެވެ. އަދި ހަތަރުވަނައިގައި އޮތް އިޓަލީއިން 53،252 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމުލަ 569،119 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 541،471 ޓޫރިސްޓުންނާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ރާއްޖޭގައި މިހާރު 175 ރިސޯޓާއި 15 ހޮޓެލާއި 838 ފަތުރުވެހިގެއާއި 157 ސަފާރީ އުޅަނދު ހިންގަމުން ގެންދެއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށެވެ.