ads
ބީއެމްއެލް އިން ހއ. އަތޮޅަށް ގެސްޓްހައުސް ފައިނޭންސިން ތައާރަފްކުރުން. - ފޮޓޯ: ބީއެމްއެލް
ހއ. އަތޮޅަށް ލޯކަލް ޓޫރިޒަމް ފުޅާކުރަން ބީއެމްއެލް ގެސްޓު ހައުސް ފައިނޭންސް ތައާރަފުކޮށްފި
ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގެސްޓު ހައުސް ފައިނޭންސިން މިއަދު ތައާރަފުކޮށްފި އެވެ.
Advertisement

މި ޕްރޮޑަކްޓް ތައާރަފްކުރުމަށް މިއަދު މެންދުރުފަހު ހއ. ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ ހއ. އަތޮޅުގައި ގެސްޓްހައުސް ފައިނޭންސިން ތައާރަފުކުރުމަކީ، އިގުތިސާދީ ކުރިއެރުން އިތުރުކޮށް، ދިވެހިން ހިންގާ ވިޔަފާރިތަކަށް ބާރުވެރިކަން ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ރަމްޒެއް ކަމަށެވެ.

"މާނައަކީ ގެސްޓު ހައުސް އަޅަން، އެ އިމާރާތެއް މޯގޭޖުކޮށްގެން އެހެން ސެކިއުރިޓީއަކާ ނުލައި، މިހާރު ގެސްޓު ހައުސްއަށް ފައިނޭންސިން ލިބޭނެ. މީގެކުރިން ގެދޮރު އިމާރާތްކުރި ކަމުގައިވީ ނަމަވެސް އަދި ގެސްޓު ހައުސެއް އަޅަން ޖެހުނު ނަމަވެސް ބޭންކުން އިތުރު ސެކިއުރިޓީއެއް [ބޭނުންވާނެ[،" ޝަރީފް ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގެ އިތުރަށް ތިމާވެށީގެ ދާއިރާއިންނާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއަށް ހާއްސަކޮށް ބޭނުންވާ މާލީ އެހީތެރިކަމަށް "ގްރީން ފައިނޭންސިން" ވެސް ދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ މި ފައިނޭންސިންއާ ގުޅޭ މައުލޫމާތު އެ އަތޮޅުގެ ރައްޔިތުންނަށް ދިނުމަށްޓަކައި ބޭންކުގެ ފަރާތުން ޓީމުތައް ރަށްރަށަށް ޒިޔާރަތްކުރާނެ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެ ނިޔަލަށް ފަސް އަހަރުތެރޭގައި ބޭންކުން ހަމައެކަނި ރިސޯޓު މަޝްރޫއުތަކަށް 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވާ ކަމަށެވެ. އެކަމުން ވެސް ދޭހަވަނީ ޓޫރިޒަމްގެ ދާއިރާއަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ކަމަށް ޝަރީފް ވިދާޅުވި އެވެ.

ދާދި ފަހުން ބީއެމްއެލް އިން ވަނީ ގެސްޓްހައުސް ފައިނޭންސިން ޕްރޮޑަކްޓު އިތުރަށް ފުރިހަމަކޮށް، ގިނަ ބަޔަކަށް ފައިނޭންސްއަށް ފަސޭހައިން ވާސިލުވެވޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން ފައިނޭންސިންއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ބޭންކުން ވަނީ ހަމަޖައްސައިދީފަ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްއެއް ބެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ތެރެއިން ބީއެމްއެލް އިން މިއަދު ވަނީ ހއ. އަތޮޅުގެ ހަތް ރަށެއްގައި އޭޓީއެމް ހުޅުވައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ދޭން ވެސް ފަށައިފަ އެވެ.

ހއ. އަތޮޅުގައި ގާއިމުކުރި އޭޓީއެމްތަކުގެ ހިދުމަތާ އެކު، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސާވިސް ބޭންކިން ސެންޓަރު، 165 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް