ads
އއ.ރަސްދޫ. ފޮޓޯ: ބަޖެޓް ހޮލިޑޭސް
ރަސްދޫން ފިހުނު ދެމަފިރިންގެ އުއްމީދު ކަނޑާލައިފި
އއ. ރަސްދޫގައި ހުރި ގެއަކަށް ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިން ސަލާމަތްކުރެވޭނެކަމުގެ އުއްމީދު ކަނޑާލާފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނެފި އެވެ.
Advertisement

ރޭ 10:30 ކަންހާއިރު ހިނގި ހާދިސާގައި ފިހުނީ އުމުރުން 31 އަހަރުގެ ދެމަފިރިއެކެވެ. ފިހުނު ދެމަފިރިންނަކީ އއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ނަރުހަކާއި ބީއެމްއެލްގެ މުވައްޒަފެކެވެ. 

ޑޮކްޓަރުންނާއި ހަވާލާދީ އެ އާއިލާއިން ބުނީ އަންހެން މީހާގެ ހަށިގަނޑުގެ %83 އަދި ފިރިހެން މީހާގެ ހަށިގަނޑުގެ %78 ވަނީ ފިހިފައިވާކަމަށެވެ. 

އެހެންކަމުން އެހާ ބޮޑަށް ފިހިފައި އޮތުމުން ފުރާނަ ސަލާމަތް ކުރުމަކީ ނާދިރުކަމެއްކަމަށާއި ހުރިހާ ފަންކްޝަންތަކެއް ވެސް މިހާރު ދަށަށް ދާކަމަށްވެސް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނެ އެވެ. 

ރޭ ހިނގި މި އަލިފާނުގެ ހާދިސާގައި އިތުރު މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ. އަދި ގޭގެ އެ ކޮޓަރި ފިޔަވާ އިތުރުތަނަކަށް ގެއްލުމެއް ލިބިފައި ނުވާކަން ވަނީ އެނގިފަ އެވެ. 

މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. 

0%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
89%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް