ads
މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އިން ހިންގާ ތެލަސީމިއާ ސެންޓަރުގެ ކޯޑިނޭޓަރަކަށް ހުންނެވި ފައިސަލް އިބްރާހީމް.
ތެލަސީމިއާ ސެންޓަރުގެ ބައެއް ވެރިން މަގާމުން ވަކިކޮށްފި
މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އިން ހިންގާ ތެލަސީމިއާ ސެންޓަރުގެ އިސްމަގާމުތަކުގައި ތިބި ބައެއް ވެރިން މަގާމުން ވަކިކޮށްފިއެވެ.
Advertisement

އެނގިފައިވާ ގޮތުގައި މަގާމުން ވަކިކުރި މީހުންގެ ތެރޭގައި އެ ތަނުގެ ކޯޑިނޭޓަރަކަށް ހުންނެވި ފައިސަލް އިބްރާހީމްއާ އެމްބީއެސްގެ ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި އަހުސަން ހުސައިން ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. 

މި ބަދަލުތައް އައިސްފައި މިވަނީ ތެލަސީމިޔާ ސެންޓަރުގެ ގިނަ މައްސަލަތަކެއް ހުރުމުން އެކާމާއި ނުރުހުން ފާޅުކޮށް އެތަނުން ހިދުމަތް ހޯދާ ބެލެނިވެރިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މުޒާހަރާކޮށްފައި ވަނިކޮށެވެ. 

ކޯޑިނޭޓަރު ކަމުން ވަކިކުރި ފައިސަލް އިބްރާހީމް، އެމްބީއެސްއާ ގުޅުން ނެތް މަގާމަކަށް ބަދަލުކޮށްފައިވާކަން ވަނީ އެނގިފައެވެ. 

ތެލެސީމިޔާ ސެންޓަރުން ހިދުމަތް ހޯދާ ބެލެނިވެރިން ކުރި  މުޒާހަރަރާތަކާއި ގުޅިގެން ޖެހިގެން އައި ދުވަހު ރައީސް ޑރ. މުއިއްޒު ވަނީ އެ ސެންޓަރަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. 

އެ ޒިޔާރަތަށް ފަހު ރައީސް މުއިއްޒު ވިދާޅު އެ ސެންޓާރުގެ ހާލަތު އެހާ ނިކަމެތިކަން އެމަނިކުފާނަށް އެނގިވަޑައިގެންފައިނުވާކަމަށެވެ. އަދި އެ ސެންޓަރުގައި 2017 ވަނަ އަހަރުން ފެށިގެން ޑިރެކްޓާ ޖެނެރަލެއް ނެތް ކަމަށާއި އެތަނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ހިދުމަތްތައް ރަނގަޅުކުރަން ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށެވެ. 

އެގޮތުން އެ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލުގެ މަގާމަަށް ބޭފުޅަކު ވަނީ  އައްޔަންކޮށްފައެވެ. އެމަގާމަަށް އައްޔަންކުރީ އަހްމަދު މައުސޫމްއެވެ. 

އެންމެފަހުން ލޯކަލް ގަވާމެމްޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޑިރެކްޓަ ޖެނެރަލަކަށް ހުންނެވި މައުސޫމަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. މައުސޫމް ވަނީ މީގެ ކުރިން އައިޖީއެމްއެޗްގައިވެސް މަސައްކަތް ކުރައްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް