
ބޭނުންވާ ތަކެތި:
1 ޖޯޑު މުގުރި ހިކިމަސް (ހަރުކޮށް ހުންނަ މަސް)
3 ލޮނުމެދު
2 ބިލިމަގު
1 ކާށި
1 މޭޒުމަތީ ސަމުސާ ދިރި
1 ގިތެޔޮ މިރުސް
3 ސައިސަމުސާ ނުމުގުރާހުރި އަސޭމިރުސް
1 ބޮޑު ފިޔާ
15 ހިކަނދިފަތް
½ ލުނބޯ (ނޫނީ ބޭނުން ވަރަކަށް)
ރަހަލާ ވަރަށް ލޮނުކޮޅެއް
ތައްޔާރުކުރާނެގޮތް:
1. ކާށިކޮޅު ފޮތިކޮށްލުމަށްފަހު މިކްސަރުގެ ތެރެއަށް ހިކިމަސްކޮޅާއިއެކު އަޅާލާށެވެ.
2. ކާށިކޮޅު ރަނގަޅަށް ކުދިކުދިވެ މަސްކޮޅާއި ރަނގަޅަށް އެއްވަންދެން މިކްސަރު ޖައްސާށެވެ.
3. ދެން ފިޔާކޮޅު ފޮތިފޮތިކޮށްލުމަށްފަހު ގިތެޔޮމިރުސް، އަސޭމިރުހާއި، ހިކަނދިފަތާއި، ދިރި، ލޮނުމެދު އަދި ބިލްމަގާ އެކު މިކްސަރަށްއަޅާށެވެ. މިކްސަރުޖައްސާފައި ބަހައްޓާނީ ރަނގަޅަށް ތަކެތި އެއްވަންދެނެވެ. މިކުސަރު ޖައްސާ ނިމޭ އިރު ކުޑަ ތެތްކަމެއްވެސް އޭގައި އުފެދިފައި ހުންނަންވާނެ އެވެ. އަދި މިސްކްކޮށް ނިމޭއިރު މާބޮޑެތި އެތިކޮޅު ކޮޅު ހުރެގެން ނުވާނެ އެވެ.
4. ދެންމެ މިކްސަރު ކޮށްލި ހުރިހާ އެއްޗެއް ވަކިން ތަށްޓަކަށް ނަގާށެވެ. އަދި އެ އެތިކޮޅު ތެރެއަށް ލޮނާއި ލުނބޯހުތްކޮޅު ޖަހާ ރަނގަޅަށް މޮޑެލާށެވެ. ލޮނު އަޅާ އިރު ލޮނު ރަހަ ގަދަ ނުވާނެ ވަރަށް ބަލައިގެން ލޮނު ކޮޅު ލައިގެން މޮޑެލާށެވެ.
މިހާރު މިހުރީ މަސްކުރޮޅި ހަދާ ނިމިފައެވެ. ބަތްޕެނާއިއެކު ތާފާތު ވައްތަރުތަކުގެ މަސްހުނި ކާހިތްވާ ފަރާތްތަކަށް ގައިމުވެސް ވަރަށް ކަމުދާނެ ކަމަށް ބެލެވެ އެވެ.