ads
ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެމް.އެން.ޑީ.އެފްގެ އަސްކަރީ ޑިސްޕްލޭގެ ތެރެއިން
އެމްއެންޑީއެފުން ބަރު ހަތިޔާރުތަކާއި އެކު އީދު ފާހަގަކުރަން ނުކުންނަނީ
މި އަހަރުގެ ކުޑާ އީދު ފާހަގަކުރަން ބަރު ހަތިޔާރުތަކާއި އެކު އެމްއެންޑީއެފުން ނުކުންނަން ނިންމައިފިއެވެ.
Advertisement

ޑިފެންސް މިނިސްޓްރީން ބުނީ ސަރުކާރުގެ އެކި ކުންފުނިތަކާއި ސަލާމަތީ ހިދުމަތްތަކާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން މާލޭގައި އީދު ދުވަހު ހާއްސަ ހަވީރެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. މި ހަވީރު އޮންނާނީ އީދު ދުވަހުގެ ހަވީރު 4 އިން އިރުއޮއްސި 6 ޖަހަންދެނެވެ. މި ހަރަކާތްތައް މާލޭގެ ތިން ސަރަހަދެއްގައި ކުރިޔަށްދާނެކަަމަށް ޑިފެންސް އިން ބުނެއެވެ. 

އީދު ކުލަގަދަކޮށް ފާހަގަކުރަން އެދުވަހު އެމްއެންޑީއެފްގައި ގެންގުޅޭ ބަރު ހަރިޔާރުތައް ދައްކާލުމާއި ހާއްސަ ޑްރިތަކެއް ދައްކާލުން އޮންނާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ، އަދި މި ޑްރިލްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބޭނެކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

އީދުދުވަހު ކުޅިވަރުތައް އޮންނަ ތަންތަން 

  • ޖުމްހޫރި މައިދާން 
  • ސަލްޓަން ޕާކު 
  • ޝަހީދުންގެ ބިނާ ކުރިމަތި 

މީގެއިތުރުން ސިފައިންގެ ބޭންޑުގެ ހަރަކާތްތަކާއި ސައިލެންޓް ޑްރިލްއެއްވެސް އޮންނާނެކަމަށާއި އެމްއެންޑީއެފް އަދި ފުލުހުންގެ އުޅަނދުތައްކަށް އެރުމާއި އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު އީދު ދުވަހު ދޭނެކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

ކުންފުނިތަކާއި ގުޅިގެން ބާއްވާ މި ހަރަކާތުގައި ރާއްޖޭގެ އިހުގެ ސަގާފަތާއި އޭރު ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ދައްކާލުން ކުރިޔަށްދާނެކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް