ads
މޯލްޑިވްސް މީޑިއާ ކައުންސިލް--
ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް 19 ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ
ރިޕޯޓާޒް ވިތައުޓް ބޯޑާޒުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ލިސްޓުގައި ރާއްޖެ 19 ދަރަޖަ ކުރިއަށް ޖެހިލައިފި އެވެ.

ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ އެ ޖަމިއްޔާއިން ކޮންމެ އަހަރަކު ވެސް ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ދިރާސާކޮށް، ލިސްޓެއް ނެރެ އެވެ. 

މި އަހަރުގެ ލިސްޓުގައި ރާއްޖެ ވަނީ މިދިޔަ އަހަރު 98 ވަނައިގައި އޮތުމަށް ފަހު 19 ދަރަޖަ ކުރިއަށް، 79 ވަނައަށް ޖެހިލާފަ އެވެ. 

ޖުމްލަ 180 ގައުމު ހިމެނޭ ލިސްޓުގެ 79 ވަނައަށް ރާއްޖެ ޖެހިފައި ވާއިރު، 2013 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ގޮސްފައި ވަނީ ފަހަތަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް