ads
ދިވެހި ހައްޖާޖީން
ޙައްޖުގެ އިދާރީ އިންތިޒާމުތަކުގެ 90 ޕަސަންޓު ނިމިއްޖެ: ޝަކީލް
މިއަހަރުގެ ޙައްޖާ ގުޅޭ އިދާރީ އިންތިޒާމުތަކުގެ 90 ޕަސަންޓު މިހާރު ނިމިފައިވާ ކަމަށް، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
Advertisement

ސައުދީ އަރަބިއްޔާގައި ހުންނަވައިގެން ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ޝަކީލް ވިދާޅުވީ، ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ފުރުސަތު ލިބޭ ހުރިހާ އެންމެންނަށް ދަޢުވަތު ފޮނުވައި ނިމިފައިވާ ކަމަށެވެ. އަދި މިހާރު މަޑުކުރަމުންދަނީ ސައުދީ ޢަރަބިއްޔާއިން ވިސާއަށް ހުޅުވާލާނެ ވަގުތަކަށް ކަމަށް ޝަކީލް ވިދާޅުވިއެވެ. ވިސާއަށް ހުޅުވާލުމާއެކު، ޕޯޓަލް މެދުވެރިކޮށް ދިވެހިންގެ ވިސާގެ މަސައްކަތް ފެށިގެންދާނެ ކަމަށް ޝަކީލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މައްކާ އަދި މަދީނާގައި ހޮޓާ ހަމަޖެއްސުމާއި، އެގްރިމަންޓްތައް ހެދުމާއި، ފައިސާ ދެއްކުމުގެ މަސައްކަތްތައްވެސް ނިމިފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ. ހައްޖުވެރިން ސައުދީ ޢަރަބިއްޔާއަށް ގެންދިއުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އަދި ސައުދިއާ އެއާލައިންސް މެދުވެރިކޮށް ދަތުރުތައް ހަމަޖައްސާފައިވާ ކަމަށްވެސް ޝަކީލް މައުލޫމާތު ދެއްވިއެވެ.

ވޭތުވެދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު، މިއަހަރު ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށްފައިވާ ކަމަށް ޝަކީލް ފާހަގަކުރެއްވިއެވެ. ހައްޖުވެރިންނަށް ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމަށް ހައްޖު ކޯޕަރޭޝަންގެ ކްލިނިކާއި ސައުދީ ނެޝަނަލް ހޮސްޕިޓަލާ ގުޅިގެން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ. ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ފުރާނެ ކަމަށް ލަފާކުރެވެނީ މޭ މަހުގެ ފަހުކޮޅު ކަމަށް ޝަކީލް މައުލޫމާތު ދެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް