
ބޭރުގެ ބޯޓަކުން، ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހުން ހައްޔަރު ކުރިއިރު، އޭގެ ތެރޭގައި ހިމެނެނީ އިންޑިޔާ މީހުންނާއި އިންޑޮނީޝިއާ މީހުންނެވެ.
ފުލުހުން ބުނި ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2025 މާރިޗް 21 ވަނަ ދުވަހު ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 7 ކިލޯއަށްވުރެ ގިނަ ތަކެއްޗާއެކުއެވެ.
މި އޮޕަރޭޝަންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން
ނަސްވަން އާދިލް (30އ)
އެޑްރިއަންސަޔާ (25އ)
މުޙައްމަދު އިޤްބާލް މަކްރޫމް (30އ)
ޕްރަބާކަރަން ނަގަރާޖަން (35އ)
ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ)
ގަނޭޝް ބޮމްމާލީ (22އ)
ޑަތުކިލޭ ދަރްޝަން ވިޖޭ (22އ)
ޕީޓާ ވިނީ (28އ)
ސަރަން ޕަދްމަން (28އ)
ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ)
މި އެންމެވެސް ބަންދުކޮށްފައި ތިބިއިރު، އޭގެ ތެރެއިން ބައެއް މީހުންވަނީ ބޯޓުގައި މަސްތުވާތަކެތި ހުރިކަން ނޭގޭ ކަމަށް ބަންދު މަޖިލީހުގައި ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.